ކެނެރީފް ބަލިކޮށް ޑީކޭ ސެމީއަށް – މިމެޗްގައި ހެޓްރިކްހެދީ މައުޝޫ – މޮޅުކުޅުންތެރިޔާގެ މަގާމު އަސްވާދަށް

މިހާރު ސ. ހުޅުދޫގައި ކުރިއަށްދާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ މިނިވަންކަޕް ފުޓްސަލް މުބާރާތުގައި މިރޭ ކުޅެވުނު ކްއާޓާފައިނަލްގެ ފުރަތަމަ މެޗްގައި  ކެނެރީފް ބަލިކޮށް ޑީކޭ  ސެމީފައިނަލަށް ދަތުރުކޮށްފިއެވެ

މިރޭގެ މެޗު ކޮންމެ ޓީމެއްވެސް މޮޅުވެގެން ނޫނީ ސެމީފައިނަލަށް ދިއުމުގެ ފުރުޞަތު ނެތުމުން ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ފޯރިގަދަ ވާދަވެރި ކުޅުމެކެވެ

ހުޅުދޫ ފުޓްސަލް ދަނޑުގައި މިރޭ  ޑީކޭއާއި ކެނެރީފް ބައްދަލުކޮށް ކުޅެވުނު މި މެޗު  ޑީކޭ ކާމިޔާބުކޮށްފައިވަނީ 7 ލަނޑު 3 ލަނޑުންނެވެ

މިމެޗްގައި ޑީކޭއިން ކާމިޔާބުކުރި 7 ލަނޑުގެ ތެރެއިން 3 ލަނޑު ކާމިޔާބުކޮށް މައުޝޫގެ ހެޓްރިކް ހަދާފައިވާއިރު އިބްރާހިމް އަސްވާދުވަނީ 2 ލަނޑު ކާމިޔާބުކޮށްދީފައެވެ. އެޓީމުގެ އަނެއް ދެނޑު ކާމިޔާބުކޮށްދީފައިވަނީ ސަމީނުއާއި އިބްރާހިމް ސިނާހުއެވެ.

ކެނެރީފުން މިމެޗްގައި ކާމިޔާބުކުރު 3 ލަނޑު ކާމިޔާބުކޮށްދިނީ ސަރުމަދު ބުޝްރީ ، އަލީ ފަހުމީ އަދި އަހުމަދު އިންޝާލްއެވެ.

މިމެޗްގައި ޑީކޭގެ މައުޝޫގު ހެޓްރިކް ހަދާފައިވިޔަސް މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވާފައިވަނީ ޑީކޭއަށް މިމެޗްގައި 2 ލަނޑު ކާމިޔާބުކޮށްދިން އިބްރާހިމް އަސްވާދެވެ.

ޑީކޭ ސެމީފައިނަލްގައި ބައްދަލުކުރާނީ މިމުބާރާތުގެ ގްރޫޕް ބީން އެއްވަނަ ހޯދައިގެން ސެމީފައިނަލަށް ހޮވުނު ރިސޯޓްބޯއިސްއާއެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކްލަބް ރެޑްއެންޓްސްއިން ގައުމު ޖޫނިއާސް ބަލިކޮށްފި

ގަންބުރި ޗެލެންޖް 2018 ގައި ގައުމު ޖޫނިއާސްއާއި ބައްދަލުކޮށް 4 ލަނޑު 0 ލަނޑުން ބަލިވެފައިވާ ޝައުގު ސިޔާކަޕް ...

ގައުމު ސްޓްރީޓް ކަޕް : މިއަދުގެ މެޗުވެސް ބީރިކަނާ ކާމިޔާބުކޮށްފި

ގައުމު އެފްސީން  އިންތިޒާމުކޮށްގެން މީދޫގައި  ބާއްވާ “ގައުމު ސްޓްރީޓް ކަޕް” ފުޓްބޯޅަ މުބާރާތުގެ މިއަދު ހަވީރު ކުޅުނުމެޗް އެފްސީ ...

ރެފްރީގެ ނިންމުތަކާ ހިތްހަމަ ނުޖެހިގެން އެކަމުގެ ރުޅިގަޑު ރެފްރީއަށް އަމާޒުކޮށްފި

މަމެން އައްޑޫއިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރާގައި އިއްޔެ ހަވީރު ކުޅެވުނު މެޗަށްފަހު  އަތޮޅުމަދަރުސާޓީމްގެ ...