ކުށް ސާބިތުވެ ހަސަން ސަޢީދު 4 މަހާ 24 ދުވަހަށް ޖަލަށް

ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމާ ގުޅިގެން ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސަޢީދުގެ މައްޗަށް 4 މަހާ 24 ދުވަހުގެ ޖަލު ޙުކުމެއް އިއްވައިފިއެވެ.

ހަސަން ސަޢީދުގެ މައްޗަށް ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ވޭތުވެދިޔަ ފެބުރުވަރީ މަހުގެ 4 ވަނަ ދުވަހުގެ ފަތިހުން ފެށިގެން ރިޝްވަތުގެ މައްސަލައެއްގެ ތުހުމަތުގައި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން، މޯލްޑިވްސް ސަރވިސަސް އިން އޭނާ ހޯދުމަށް ކުރި މަސައްކަތުން އޭނާ ފެނިފައި ނުވާތީއާއި، އޭނާ ހޯދާކަން އެނގިހުރެ ފުލުސް އޮފީހަށް ހާޒިރުވެފައި ނުވާތީ އެވެ.

މި މައްސަލައިގެ ހުކުމް އިއްވަމުން ގާޒީ ވިދާޅުވީ ދައުލަތުން އުފުލި ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ދައުވާގައި ބުނާ ފަދައިން ހަސަން ސައީދު ގާނޫނު ހިންގުމަށް ހުރަސްއެޅިކަން ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން، ގާނޫނު އަސާސީގެ 51 ވަނަ މާއްދާގައި ބުނާ ފަދައިން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އަދަބާ ބެހޭ ގޮތުން ގޮތެއް ކަނޑައެޅުމަށް ހުކުމް ކުރުމުގެ ޝަރީއަތުގެ މަޖިލިސް މެދުކަނޑާލުމަށްފަހު ގާޒީ ހުކުމް އިއްވަމުން ވިދާޅުވީ ގާނޫނު ހިންގަން ހުރަސްއެޅިކަން ހަސަން ސައީދުގެ މައްޗަށް ސާބިތުވީ 2018 ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހުގެ ފަތިހު 4:00 އިން ފެށިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހަސަން ސައީދު ހޯދަން ކުރި މަސައްކަތުން ހަސަން ސައީދު ހޯދާ ނުފެނިފައިވާތީ އާއި ހަސަން ސައީދު ހޯދުމަށް ފުލުހުން އިއުލާންކުރުމުން ވެސް އަދި ހޯދާކަން އެނގިހުރެ ފުލުހަށް ހާޒިރުވެފައި ނުވާތީ ކަމަށެވެ.

އެހެންކަމުން ގާނޫނު ނަމްބަރު 9/2014 ގެ 533 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަމްބަރާއި ދެވަނަ ނަމްބަރުގެ ރޯމް އެކެއްގެ (1) ގެ ދަށުން ހަސަން ސައީދު ކުށްވެރިވާ ކަމަށް ވަނީ ހުކުމް ކޮށްފައެވެ.

ފެބުރުއަރީ 1 ވަނަ ދުވަހު ޤާނޫނީ ވެރިކަން ވައްޓާލަން އުޅުނު މައްސަލައިގާ ކުރީގެ ރައީސް މަޢުމޫނާއި، ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު އަދި ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަލީ ހަމީދުގެ މައްޗަށްވެސް ކުށް ސާބިތުވެ ހުކުމް އިއްވާފައިވާކަން ފާހަގަ ކޮށްލެވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރަށު ކަރަންޓީނުން މީހަކު ޕޮޒިޓިވްވިޔަސް މުޅިރަށް މޮނީޓަރިންނަށް ނުލާނެ

ހޯމް ކަރަންޓިން ނުވަތަ ރަށުގައި ކަރަންޓީން ކުރާ މީހަކު ކޮވިޑަށް ޕޮޒިޓިވިޔަސް މުޅި ރަށް މޮނީޓަރިން ހާލަތައް ނުގެންނާނެ ...

މީދޫގައި ހައްދާ މިރުސް ކިލޯއެއް 800 ރުފިޔާއަށްވުރެ ބޮޑު

މިރުސް ލިބުން ދަތިވެ މީދޫގައި ހައްދާ މިރުސް ކިލޯއެއްގެ އަގު މިއަހަރު 800 ރުފިޔާއަށް އުފުލިއްޖެ އެވެ. ރޯދަ ...

ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް  –  ރޭ ކުޅެވުނު ދެމެޗްވެސް އެއްވަރު

ކްލަބް ލޮތަރިން އިންތިޒާމުކޮށްގެން މީދޫގައި ކުރިއަށްގެންދާ ” ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް ” ފުޓްބޯޅަ މުބާރާތުގައި ...