އެމެރިކާގެ މަޝްހޫރު މެރަަތަނާ އަދި ވަރލްޑް ރިކޯރޑް ހޯލްޑަރ މައިކަލް ވޯޑިއަން މިއަދު އާއިލާއާއެކު އައްޑުއަތޮޅަށް އައިސްފިއެވެ.
ދުވެގެން ރަން ވަނަތަކެއް ހޯދާފައިވާ އައިރަނާސްގެ ރަން އެންބެސެޑަރ މައިކަލް ވޯޑިއަން އައްޑޫ އަށް އައިސްފައިވަނީ ސްރީލަންކަން އެއާރލައިންސްއިން މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.
މައިކަލް ވޯޑިއަން އައްޑު އަތޮޅުގަމަށް އައުމުން ގަން އިންޓަނޭޝަނަލް އެއާޕޯރޓުން މަރުހަބާ ދެންނެވީ އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ސާދިޤް (ސޯބެ) އާއި ސިޓީ ކައުންސިލްގެ ބައެއް މެމްބަރުންނެވެ.
އާއިލާއާއެކު މައިކަލް ފުރަތަމަ ދެ ދުވަހު ހުންނާނީ ގަމުގެ އީކުއޭޓަރ ވިލެޖްގައެވެ. އަދި އަނެއް ދެ ދުވަސް ހޭދަ ކުރާނީ ޝަންގްރިއްލާ ރިސޯޓްގައެވެ.
އަންނަ ހުކުރު ދުވަހު އޮންނަ އައްޑޫ މެރަތަންގެ ރަން އެމްބެސެޑަރެއްގެ ގޮތުން މައިކަލް ވޯޑިއަން އައްޑޫ އަށް އައިސްފައިވަނީ މި މެރަތަންގައި ދުވުމަށެވެ.
މައިކަލް ވޯޑިއަން އަކީ މިހާތަނަށް ދުނިޔޭގެ 4 ވަރަކަށް ރިކޯރޑް ހޯލްޑް ކުރާ ދުވުންތެރިއެކެވެ. މަޝްހޫރު ބައެއް ދުވުންތެރިން ބައިވެރިވާ މި މެރަތަންގައި ރާއްޖެއިންވެސް އަލްޓްރާ މެރަތަން އާތިފް، އޭގެ އިތުރަށްް ނޭޝަނަލް ރިކޯރޑް ހޯލްޑަރ މަރިޔަމް އަބްދުލް ކަރީމް ފަދަ ދުވުންތެރިން މެރަތަންގައި ބައިވެރި ވާނެއެވެ.
މަސްދަރު: ޕީއެސްއެމް
ކޮމެންޓްސް (0)