އާގުބޯޓެއްގައި އޮތް ހާލުބޮޑު މީހަކު އެމްއެންޑީއެފުން ސ. ހިތަދޫ ހޮސްޕިޓަލަށް ގެންގޮސްދީފި

އިކުއެޓޯރިއަލް ގިނީ ގެ ޕޯޓް އޮފް ބާޓާ ބަނދަރުން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރަމުންދިޔަ ހޮންކޮންގ ގެ “އެމްވީ ޕްރޮސްޕެރިޓީ 103” ނަމަކަށްކިޔާ އާގު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ސަދަން އޭރިއާ، ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު އައްޑޫ ސިޓީ ހިތަދޫއަށް ގެންގޮސްދީފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިމަހު 23 ވަނަ ދުވަހު މެންދުރު 13:15 ހާއިރުއެވެ. މި ބަލިމީހާ އައްޑޫ ސިޓީ ހިތަދޫއަށް ގެނެސްދިނުމަށް ރޭ ފަތިހު 06:00 ހާއިރު  ޑޮކްޓަރުންގެ ޓީމަކާއެކު ސިފައިން ވަނީ އެ ބޯޓު އޮތް ސަރަޙައްދަށް ދިޔުމަށް ފުރާފައެވެ. މިިބަލިމީހާ އެމްއެންޑީއެެފް ކޯސްޓްގާޑްގެ އުޅަނދަަށް ނަގާފައިވަނީ، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއިއެކު މި ބޯޓު އައްޑޫ ސިޓީ ގަމުގެ 7 ނޯޓިކަލް މޭލު ބޭރަށް މި ބޯޓު ކައިރިކުރުމުންނެވެ.

މި ބަލި މީހަކީ، އުމުރުން 28 އަހަރުގެ ޗައިނާގެ ރައްޔިތެކެވެ. އަދި، މި ބަލިމީހާ މިއަދު 07:15 ހާއިރު ވަނީ އައްޑޫ ސިޓީ ހިތަދޫއަށް ގެންގޮސްދީފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

“ކޮބާހޭ ފަންޑު ކުރި މީހާ”

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާ އަށް ފަންޑު ކުރި މީހުން ...

ސަރުކާރު އޮތީ އައްޑޫރަށްޔިތުންނާއެކު – ނިހާދު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އައްޑޫ ސިޓީގައި ފެށި އެތައް މަޝްރޫއެއް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ރައްޔިތުންގެ ...

ޕީޕީއެމް ޕީއެންސީ ސަރުކާރެއްގައި މަސައްކަތް ކުރާ ގޮތް މިސަރުކާރާ އަޅާބަލާއިރު އުނޑާއި ބިމާހާ ތަފާތުވާނެ -މުއިއްޒު

ޕީޕީއެމް ޕީއެންސީ ސަރުކާރެއްގައި މަސައްކަތް ކުރާ ގޮތް މިސަރުކާރާ އަޅާބަލާއިރު އުނޑާއި ބިމާހާ ތަފާތުވާނެ ކަމަށާ  ޕީޕީއެމް ޕީއެންސީގެ ...