އަދަށްވުރެން ފެހި މާދަމާއެއް ނުދެއްކެވޭނެ ބަޔަކަށް ވެރިކަމެއް ނުކުރެވޭނެ- ނާޒިމް

ދިވެހި ރައްޔިތުންނަށް އަދަށްވުރެން ފެހި މާދަމާއެއް ނުދެއްކެވޭނެ ބަޔަކު، ރައްޔިތުން ކައިރިއަށް ވޯޓު ހޯދަން ދިއުމުގެ ޚިޔާލު ނުގެންގުޅުމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ގޮވާލައްވައިފިއެވެ.

ޕީޕީއެމް އިން ކާނިވާ ސަރަހައްދުގައި ހެސްކިޔާފަ، މިނަމުގައި ހުކުރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވީ ރައީސް ޔާމީންގެ ލީޑަރޝިޕުން އަޅުގަނޑުމެންނަށް ދަސްވި އެންމެ މުހިއްމު އެއް ފިލާވަޅަކީ ސިޔާސީ މަސައްކަތް ކުރަނީ ޤައުމު ބިނާ ކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ކަމަށެވެ. އަދި އޭގެބަދަލުގައި އިދިކޮޅުގައި އުޅުއްވާ ސިޔާސީ ލީޑަރުން ކުރެއްވި ކަމަކީ ރާއްޖޭގައި ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ބޮޑު ހުޅުޖަހާ ގިނަ އިމާރާތްތަކެއް އަންދާލުން ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ނާޒިމް ވިދާޅުވީ ދިވެހި މައި ދޮރާށި ވިއްކާލި ހަމައެކަނި ސަރުކާރަކީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރު ކަމަށާ، ދިވެހި ރައްޔިތުންނަށް އަދަށްވުރެ، ފެހި މާދަމާއެއް ނުދެއްކޭނެ ބަޔަކު، ރައްޔިތުން ކައިރިއަށް ވޯޓު ހޯދަން ދިއުމުގެ ހިޔާލު ގެންގުޅެގެން ނުވާނެ ކަމަށެވެ. މިނިސްޓަރ ވަނީ އިދިކޮޅުފަރާތްތަކުން ވެރިކަމަށް ވަޑައިގެންފިނަމަ، މި ސަރުކާރުން ނިންމަމުންދާ ދިވެހިރާއްޖޭގެ ތަރައްޤީ އާއި ގުޅިފައިވާ މަޝްރޫޢުތަކަށް އެބޭފުޅުން ހައްދަވާނެ ގޮތަކާމެދު ސުވާލު ކުރައްވާފައެވެ.

މީގެއިތުރުން މިނިސްޓަރ ނާޒިމް ވިދާޅުވީ އިދިކޮޅުގައި ތިއްބެވި ލީޑަރުންނަކީ އަބަދުވެސް ދޮގު ވާހަކަތައް ފަތުރާ ބައެއް ކަމަށާ، މިހާތަނަށް ތަކުރާރުކޮށް އެފަރާތްތަކުން ހަދަމުންދިޔަ އެންމެ ބޮޑު ދޮގަކީ ރައީސް ޔާމީންގެ ސަރުކާރު ވެއްޓޭނެކަމަށް މެދުކެނޑުމެއްނެތި ބުނާ ބުނުން ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަން ވެއްޓޭނީ ރައްޔިތުންގެ މަޖިލީހަށާއި، ސުޕްރީމް ކޯޓަށް ކަޅު ފައިސާ އުކުން ކަމަށް ދެކޭ ބަޔަކަށް މި ޤައުމަށް ތަރައްޤީ ގެންނާނީ ކިހިނެތްތޯ މިނިސްޓަރ ވަނީ ސުވާލު އުފައްދަވާފައެވެ.

މިނިސްޓަރ ނާޒިމް ވިދާޅުވީ މަލްޓި ޕާޓީ ޑިމޮކްރެސީގެ ތެރެއިން އެންމެ ފުރަތަމަ ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވާނެ ވެރިއަކީ ރައީސް ޔާމީން ކަމަށެވެ. މި ޖަލްސާގައި މިނިސްޓަރ ވަނީ އިދިކޮޅުފަރާތްތަކަށް ޤައުމީ މަސައްކަތްތައް ކުރުމަށް ނިކުތުމަށް ގޮވާލައްވާފައެވެ. އަދި ނޭއްގާނީ އަމަލުތައް ހުއްޓާލާ، ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް މިނިސްޓަރ ގޮވާލެއްވިއެވެ. މިނިސްޓަރގެ ވާހަކަކޮޅު ނިންމަވާލައްވާފައިވަނީ އިދިކޮޅު ސިޔާސީ ލީޑަރުންނަށް ނަސޭހަތުގެ ޅެންބައިތެއް ހަނދާން ކޮށްލަދެމުންނެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވުމަށް ޑރ މުނައްވަރު ނިންމަވައިފި

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރާނެ ކަމަށް އިއުލާނު ކުރެއްވި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު ...

އިންތިހާބުގެ ނަތީޖާއާއި ދޭތެރޭ ޝައްކު ކުރާނެ އިތުރު ފުރުސަތެއް މިހާރު ނެތް: ރައީސް

އިންތިހާބުގެ ނަތީޖާއާއި ދޭތެރޭ ޝައްކު ކުރާނެ އިތުރު ފުރުސަތެއް މިހާރު ނެތް ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ...

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކީ ޤާސިމް

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ފަރާތުން ވާދަކުރެއްވުމަށް އެ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ ...