އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަޑިޔާރު އަލީ ހަމީދު އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ޙުކުމް ކޮށްފި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

މިދެ ފަނޑިޔާރުންގެ މައްޗަށް ކްރިމިނަލް ކޯޓުން މި ހުކުމް އިއްވީ ދައުލަތުން އުފުލި، ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ. މި ހުކުމް ދެ ފަނޑިޔާރުންގެ މައްޗަށް އިއްވާފައިވަނީ ވަކުވަކިންނެވެ.

މި ދައުވާގެ އަޑުއެހުންތަކުގައި ދައުލަތުން ވަނީ އެ ދެ ބޭފުޅުންނާއި ދެކޮޅަށް ސިއްރު ދެ ހެއްކަކާއި ކޯޓު އަމުރުތަކެއް ހުށަހަޅާފައި އެވެ.

މި ދައުވާގެ އިތުރުން ދެ ފަނޑިޔާރުންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައި އެވެ. އަދި ހެކި ފޮރުވި ކަމަށް ބުނެވެސް ދައުވާ އުފުލާފައިވެ އެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުން ޖެމްސްގެ ހިދުމަތް މެދުކަނޑާލަން އުއްތަމަ ފަނޑިޔާރު އެންގެވިކަން ސާބިތުވާ ކަމަށް ކަނޑައަޅައި ހަތަރު ހަމާއި 24 ދުވަހުގެ ޖަލު ހުކުމެއް އެމަނިކުފާނުގެ މައްޗަށް ވަނީ އަންގާރަ ދުވަހު އިއްވާފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބޯކޮށް ވާރޭ ވެހި ސ. އަތޮޅުމަދަރުސާގައި  ފެންބޮޑުވެއްޖެ

   ބޯކޮށް ވާރޭ ވެހި ސ. އަތޮޅުމަދަރުސާގައި  ފެންބޮޑުވެއްޖެއެވެ. ރޭ އިން ފެށިގެން މިއަދު ހެނދުނާއި ހަމައަށް  މެދު ...

“ޕީޕީއެމަކީ ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ވަޠަނީ ފައުޖު”

ވެރިކަންކުރާ ޕާޓީ ޕީޕީއެމަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ވަޠަނީ ފައުޖުކަމަށް ރައީސް ޔާމީންގެ ރަނިންގމޭޓް ޑރ. މުޙައްމަދު ...

މުދާ އުފުލާ ދޯންޏެއް މީދޫ ބަނދަރު ސަރަހައްދުން ތިލައަކަށް އަރައިފި

މިއަދު ހެނދު މީދޫ ބަނދަރުން ފުރައިގެން ދަތުރުކުރި މުދާ އުފުލާ ދޯންޏެއް މީދޫ ބަނދަރު ސަރަހައްދާއި ކައިރީގައި އޮތް ...