4 ލަނޑު 2 ލަނޑުން ލިވަޕޫލްއަތުން ރޯމާ މޮޅުވެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ލިވަޕޫލް ދަތުރުކޮށްފިއެވެ.

ލިވަޕޫލަށް ފައިނަލުން ޖާގަލިބުނީ  ސެމީ ފައިނަލުގެ ދެ ވަނަ ލެގުން މިރޭ ރޯމާ އަތުން 2-4 އިން ބަލިވެ، ދެ ލެގުގެ އެގްރިގޭޓުން 6-7 އިން ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ފުރަތަމަ ލެގުގައި ލިވަޕޫލް ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް ކާމިޔާބުކޮށްފައިވަނީ 5 ލަނޑު 2 ލަނޑުންނެވެ.

މިއީ 2007 ވަނަ އަހަރަށްފަހު މުބާރާތުގެ ފައިނަލަށް ލިވަޕޫލް ދަތުރުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އަދި މިއީ 2012 ވަނަ އަހަރަށްފަހު މުބާރާތުގެ ފައިނަލަށް އިނގިރޭސި ޓީމެއް ދަތުރުކުރި ފުރަތަމަ ފަހަރުވެސް މެއެވެ.

މުބާރާތުގެ ފައިނަލްގައި ލިވަޕޫލް ބައްދަލުކުރާނީ ރެއާލް މެޑްރިޑާއެވެ. ރެއާލް އަކީ ފާއިތުވި ދެ އަހަރުވެސް މި މުބާރާތް ކާމިޔާބުކޮށްފައިވާ ޓީމެވެ.

ރެއާލް އާއި ލިވަޕޫލް ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ މި މަހުގެ 26 ވަނަ ދުވަހުގެ ރެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރޮޒެއިނާ އާދަމްގެ ކެމްޕެއިންޓީމުގެ ފަރާތުން މީދޫގައި ބޭއްވި ވެހިކަލް ބުރުގެ ތެރެއިން

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ އައްޑޫމީދޫދާއިރާއަށް ވާދަކުރައްވާ ރޮޒެއިނާ އާދަމްގެ ކެމްޕެއިންޓީމުގެ ފަރާތުން މީދޫގައި ބޭއްވި ވެހިކަލް ...

ޔޫރޯ 2020 : ގްރޫޕްގެ އެފް ގެ 3 ވަނަ ޓީމަކަށް ހޮވި ޕޯޗްގަލްވެސް ގަދަ 16 އަށް

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ފްރާންސާއި އެއްވަރުވެ ގްރޫޕް އެފްގެ ތިންވަ ޓީމަކަށް ޕޯޗްގަލް ހޮވި އެޓީމުވެސް ގަދަ ...

ދިރާސީ އާ އަހަރު ފެށުން : ސ. އަތޮޅުމަދަރުސާ

2024-2023 ވަނަ އަހަރުގެ ދިރާސީ އާހައަރުގެ ކިޔެވުން 6-8-2023 ގައި ވަނީ މުޅިރާއްޖޭގައި ފެށިފައި – މިގޮތުން މީދޫގައި ...