ފެނަކައިގެ ބިލު ދެއްކޭނެ ސޮފްޓްވެއަރ އެއް އެކުންފުނިން ތައާރަފުކޮށްފި

ރާއްޖޭގެ ކޮންމާތާކު ހުރެވެސް ފެނަކައިގެ ބިލު ދެއްކޭނެ ސޮފްޓްވެއަރ އެއް އެކުންފުނިން ތައާރަފުކޮށްފިއެވެ. ޝީ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި މި ސޮފްޓްވެއަރ ލޯންޗްކޮށްދެއްވީ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފުއެވެ.

ފެނަކާއިން ބުނީ އަލަށް ތައަރަފްކުރި ސޮޕްޓްވެއަރގެ ސަބަބުން އެކުންފުނީގެ ބިލްތައް ދެއްކުމަށް ކަސްޓަމަރުންނަށް މިހާރު ދިމާވަމުން އަންނަ ދަތިތައް ހައްލުވެގެންދާނެކަމަށެެވެ. އަދި އާ ސޮފްޓްވެއަރ އާއި އެކު ފެނަކައިގެ ކޮންމެ ބުރާންޗަކަށްވެސް ބިލު ދެއްކޭނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ. މީގެއިތުރުން މިސޮޕްޓްވެއަރ މެދުވެރިކޮށް 168 ރަށުގައި ޤާއިމްކޮށްފައިވާ ފެނަކާގެ ކޮންމެ ޔުނިޓެއްގެ ތަފާސް ހިސާބުތައްވެސް ވަގުތުން ބަލާލެވޭނެކަމަށްވެސް އެކުންފުނިން ބުނެއެވެ.

މި ސޮފްޓްވެއަރ ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކައިގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލައްމާން ވިދާޅުވީ މިސޮޕްޓްވެއަރގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާ ދަތިތަކުގެ އިތުރުން ކުންފުނީގެ ބައެއް މަސައްކަތްތަކަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.
“ރަށްރަށުގައިވާ އަޅުގަނޑުމެންގެ ބްރާންޗްތަކުން އަޅުގަނޑުމެނަށް ލިބޭ މަންފާއަކީ ކޮބައިކަން ދުވަހުން ދުވަހަށް ބަލާލުމުގެ ފުރުސަތު މިހާރު މިވަނީ ހުޅުވާލެވިފައި. ބިލިން ސޮޕްޓްވެއަރއެއް އުފައްދާ އޭގެ ހަޤީޤީ މަސައްކަތް ފެށިގެން މިދަނީ ދިގު އިންތިޒާރަކަށްފަހު. މިއީ ކުރީއްސުރެން ފެނަކާގައި ވެރިންގެ ގޮތުގައި ތިބި އެކިއެކި ފަރާތްތަކުގެ ހިއްސާ އޮތް ކަމެއް. ހިދުމަތް ދިނުމުގައި ބޮޑު ލުއި ފަސޭހައެއް ލިބިގެންދާނެ.” ލައްމާން ވިދާޅުވިއެވެ.

މި ސޮފްޓްވެއަރގެ ސަބަބުން ފެނަކާގެ ހިސާބުތައް ބެލެހެއްޓުމަށާ، ތަންތަނަށް ހުށަހަޅަން ޖެހޭ މުހިންމު ހިސާބުތައް ހުށައެޅުމަށް ފަސޭހަވަގެންދާނެކަމަށް ފެނަކައިން ބުނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސްޕެއިންގެ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާގައި ރާއްޖެ ޕްރޮމޯޓު ކުރަން ފަށައިފި

ސްޕެއިންގެ މެޑްރިޑްގައި ފިޓޫރުގެ ނަމުގައި ކުރިއަށް ގެންދިޔަ ބައިނަލްއަގްވާމީ ޓޫރިޒަމް ޓްރޭޑް ފެއާގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ. މި ފެއާގައި ...

ހުޅޫދޫގައި އަމިއްލަ ފަރާތެއްގެ ހިލޭ އެހީގައި ބިނާކުރާ މިސްކިތުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އައްޑޫ ސިޓީ، ހުޅޫދޫގައި މުހައްމަދު ސޯލިހުގެ ހިލޭ އެހީގައި މިސްކިތެއް ބިނާކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި މިސްކިތް ބިނާކުރާ ...

ސަރުކާރުން ދޫކޮށްފައިވާ އިންޖީނުތަކާއި ދޯނިތަކުގެ ޖޫރިމަނާ މަޢާފްކޮށްދެއްވައިފި

ދިގު މުއްދަތުން އަގު އަދާކުރާގޮތަށް މަސްވެރިންނަށް ސަރުކާރުން ދޫކޮށްފައިވާ އިންޖީނުތަކާއި ދޯނިތަކުގެ ޖޫރިމަނާ ފައިސާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ...