ސުވާލު އުފެދި ގޮތެއް ނުނިންމި އޮތް ރައްޔިތުން މަޖްލީހުގެ 12 ގޮނޑި އާއި މެދު ގޮތެއް ކަނޑައަޅާ އިއްޔެ ސުޕްރީމް ކޯޓުން ޙުކުމް އިއްވައިފިއެވެ.

ސުޕްރީމް ކޯޓުން މިގޮތައް ކަނޑައެޅީ މެންބަރުން ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތައް މަޖިލީހުން ފާސްކުރި ޤާނޫނު ބާތިލް ކުރަން ނުޖެހޭނެ ކަމަށް ނިންމާ ކުރެއްވި ޙުކުމުގައެވެ.

އެ ހުކުމްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނު ބާތިލް ކުރަން ނުޖެހޭ ކަމަށާ، 13 ޖުލައި 2017 ވަނަ ދުވަހުގެ ފަހުން އިލެކްޝަން ކޮމިޝަނުން މެންބަރެއްގެ ގޮނޑި ގެއްލިއްޖެކަން މަޖިލީހަށް އަންގާފައިވާ ހުރިހާ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށެވެ.

އެހެން ކަމުން މި ޙުކުމާ އެކު ގޮނޑި ގެއްލުނު 12 މެމްބަރުންނަކީ، ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުންނަކީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި އަދި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހު އެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫގައި ކާޅު މެރުމުގެ މަސައްކަތް ފަށައިފި

މީދޫގައި އުޅެމުންދާ ކާޅުތަކުގެ ކިބައިން ދޮންދީނިތައް ސަލާމަތްކުރުމަށް    ކާޅުތަކަށް  ބަޑި ޖަހައި މެރުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންގޮސްފިއެވެ. ...

އެކަނިވެރި މަންމައިންނާއި ބައްޕައިންނަށް 10،000 ރުފިޔާ ދޭން ރައީސް މިއަދު ނިންމަވައިފި

އެކަނިވެރި މަންމައިންނާއި ބައްފައިންނަށް 10،000 ރުފިޔާ ދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފި އެވެ، އެކަނި ...

ފުވައްމުލަކު ފެނަކައިން ރަށުތެރެ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފަށައިފި

ފެނަކަ ކޯޕަރޭޝަންގެ ފުވައްމުލަކު ބްރާންޗާއި ފުވައްމުލަކު ސިޓީ ކައުންސިލް ގުޅިގެން ފުވައްމުލަކުގެ އެކި ހިސާބުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ...