ފަހުހާފްގެ ލަނޑުތަކުން ހުޅުދޫ ސްކޫލްގެ މައްޗަށް މަރަދޫ ސްކޫލް ކުރި ހޯދައިފި

މައިލޯ އައްޑޫ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާތާތުގެ 14 އަހަރުން ދަށުގެ އުމުރު ފުރާގައި އިއްޔެ ކުޅެވުނު މެޗްގައި ހުޅުދޫ ސްކޫލުން ލަނޑެއް ޖަހާ މެޗްގެ ލީޑު ހޯދާފައިވަނިކޮށް ފަހަތުން އަރާ 3 ލަނޑު ޖަހައިގެން 3 ލަނޑު 1 ލަނޑުން ހުޅުދޫ ސްކޫލްގެ މައްޗަށް މަރަދޫ ސްކޫލް ކާމިޔާބު ހޯދައިފިއެވެ.

އިއްޔެ މެންދުރު ހިތަދޫ ސްޓޭޑިއަމްގައި ކުޅެވުނު މިމެޗްގައި ހުޅުދޫ ސްކޫލުން ކާމިޔާބު ލަނޑު 29 މިނިޓްގައި ކާމިޔާބުކޮށްދިނީ ހަސަން ނައުޝް ހުސެންއެވެ.

މިމެޗްގެ ފުރަތަމަ ހާފް ނިމިގެންގޮސްފައިވަނީވެސް 1 ލަނޑު 0 ލަނޑުން ހުޅުދޫ ސްކޫލް ލީޑުގައި އޮވެގެންނެވެ.

މި މެޗުގެ ދެވަނަ ހާފު މަރަދޫ ސްކޫލުން ވަރުގަދަކޮށް ފަށާފައިވާއިރު 45 ވަނަ މިނެޓްގައި ލަނޑެއް ޖަހައި މަރަދޫ ސްކޫލަށް  ނަތީޖާ ހަމަހަމަ ކޮށްދިނީ މަރަދޫ ސްކޫލްގެ  ޖާޒީ ނަންބަރު 7 މުހައްމަދު ސަހާއު އަލީއެވެ.

މަރަދޫ ސްކޫލަށް މިމެޗްގައި ލީޑު ހޯދައިދީނީވެސް މުހައްމަދު ސަހާއު އަލީއެވެ. އެއީ  މެޗުގެ 55 ވަނަ މިނެޓްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މެޗުގައި މަރަދޫ ޓީމުން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ 57 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ  އިބްރާހިމް ޝަޔާންއެވެ.

އިއްޔެ ކުޅެވުނު މިމެޗްގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ އިތުރު ފުރުސަތުތަކެއް ލިބި، ވަނީ ބޭކާރުވެފަ އެވެ.

މިމުބާރާތުގައި ހުޅުދޫ ސްކޫލް މީގެ ކުރީން ކުޅުނުމެޗްގައި ފޭދޫސްކޫލާ ވާދަކޮށްވެސް 2 ލަނޑު 0 ލަނޑުންވަނީ ބަލިވެފައެވެ.

މިމުބާރާތުގެ 14 އަހަރުން ދަށުގެ ބައިގައި ހުޅުދޫ ސްކޫލްގެ އިތުރަށް ހުޅުދުމީދުން ބައިވެރިވި ޝަމްސުއްދީން ސްކޫލްޓީމު ކުޅުނު ފުރަތަމަ މެޗްގައިވެސް 6 ލަނޑު 0 ލަނޑުގެ ބޮޑުތަފާތަކުން ޝަމްސުއްދީން ސްކޫލްގެ ޓީމުވެސްވަނީ ބަލިވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ވޯލްޑްކަޕް ބަލާލުމަށް ކެފޭ ރޮކްފޯޑްގައި އުރީދޫގެ ފޭން ޒޯނެއް

އުރީދޫގެ ފޭން ޒޯނެއް މީދޫގައި ހުޅުވައިފި އެވެ. ކެފޭ ރޮކް ފޯޑްގައި ހެދި މި ފޭން ޒޯން އަކީ ...

ޗެމްޕިއަންސް ލީގު: ބާސާ، ބަޔާން އަދި އިންޓަ މިލާންވެސް އެއް ގްރޫޕަކަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރުއަތުގައި ޖަރުމަނުގެ ގަދަ ބާރު ބަޔާން މިއުނިކާއި ސްޕެއިންގެ ވަރުގަދަ ބާސެލޯނާ އަދި އިޓަލީގެ ...

އެކުވެރިކަމުގެ ފުޓްބޯޅަމެޗް: މޮޅުވީ އަތޮޅުމަދަރުސާ ޓީމް

އައްޑޫސިޓީގެ ސްކޫލްތަކުގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ތައްޔާރުވަމުންދާ ސ. އަތޮޅުމަދަރުސާގެ 16 ...