ބައެއް ފަހަރު “ޑިސްކޯ” އަށް ގޮސް ނަށާލަން ބޭނުންވާ ޒުވާނުންނަށް މިއަދު އެ ފުރުސަތެއް ރާއްޖޭގައި ނެތް- ނަޝީދު

ބައެއް ފަހަރު”ޑިސްކޯ” އަށް ގޮސް މަޖާކޮށްލާ ނަށާލަން ބޭނުންވާ ޒުވާނުންނަށް ރާއްޖޭގައި މިއަދު އެފުރުސަތު ނެތްކަމަށާއި، މިފަދަ ކަންކަމުން ރާއްޖޭގެ ޒުވާނުން މިހާރު ވަނީ މަހުރޫމުވެފައިކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު ޓްވީޓްކުރެއްވި ވޮއިސް މެސެޖްއެއްގައެވެ.

އިސްތިއުފާދެއްވި ކުރީގެ ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ރާއްޖޭގައި އުޅެން ދަތިވެއްޖެކަމަށް ގަބޫލު ކުރެވޭ ޒުވާނުންގެ އަދަދު އިތުރުވެފައިވާކަމަށާއި، ޚާއްސަކޮށް މާލޭގައި ނޫޅެވޭ ދަރަޖައަށް ކަންކަން ހިނގައްޖެކަމަށެވެ.

“އެ މީހަކު އެދޭ ގޮތަށް އެ މީހެއްގެ އާއިލާއާއެކު ރާއްޖޭގައި ދިރިއުޅެވެން ޖެހޭނެ، ބުރުގާ އެޅި ކުދިންނަށް ވެސް އަދި ބުރުގާ ނާޅާ ކުދިންނަށް ވެސް އުފަލާއި ރައްކާތެރިކަމާއެކު ރާއްޖޭގައި އުޅެވެންޖެހޭނެ” ނަޝީދު ވިދާޅުވިއެވެ.

“މުނިފޫހިފިލުވުމާއި އުފަލުގައި މަޖާކުރުމާއި އުޅުމުގެ ފުރުސަތުތައް ހޯދައި ދިނުމަކީ ވަކި ސިޔާސީ ޕާޓީއެއްގެ އެކަނި މަސައްކަތަކަށް ވެގެން ނުވާނެ” ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ދެއްކެވީ މަދުރަސީ ތައުލީމު ނިންމައި ކައިވެނިކޮށްގެން ދަރިއަކު ހޯދާފައިވާ ޒުވާނެއްގެ ވާހަކަކަމަށް އެ ވޮއިސް މެސެޖްގައި ބުނެފައިވެއެވެ.

ޒަމާނީ ފެޝަނަށް ލޯބިކުރާ އެ ޒުވާނާ އާމްދަނީ ހޯދުމަށް ގަދައަޅާ މަސައްކަތް ކުރި ނަމަވެސް، އެމީހުންނަށް ގޮންޖެހުމެއް ކުރިމަތިވެފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ.

“އޭނާ އަކީ ޒުވާނެއް ކުޅޭ ކަސްރަތު ކުރާ ކުއްޖެއް, މަޖާކޮށް ލަވަ އަޑު އަހާ ބައެއް ފަހަރު ޑިސްކޯ އަށް ދާން ބޭނުންވާ ކުއްޖެއް ” ނަޝީދު ވިދާޅުވިއެވެ.

މީގެ ކުރިންވެސް އެމަނިކުފާނު ރައީސްކަމުގައި ހުންނަވައިގެންވެސް، މަސްތުވުމަށް ހިތްވަރު ލިބޭ ގޮތަށް ވަނީ ވާހަކަ ދައްކަވާފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފެނަކައިގެ އާއިލާތަކަށް ޚާއްސަކޮށްގެން ޤުރުއާން މުބާރާތެއް ފަށައިފި

ފެނަކަ ކޯޕަރޭޝަންސް ލިމިޓެޑުން އެ ކުންފުނީގެ މުވައްޒަފުންގެ އާއިލާތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޤުރުއާން މުބާރާތް ފަށައިފިއެވެ. މި މުބާރާތް ...

އިވާ ސަލާމް ބުނީ ޑެންގޫއަށް ޕޮޒިޓިވް ވެގެން!

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދަށް އެޖެންޑާ ކޮށްފައި ވަނިކޮށް މަޖިލިހުގެ ނައިބު ...

ރައީސުލްޖުމްހޫރިއްޔާ ހެއްކާބެހޭ ބިލު ތަސްދީޤުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހެއްކާބެހޭ ބިލު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ، 2022 ޖޫން 30 ވީ ބުރާސްފަތި ...