ކޮންކްރީޓް އެޅުމަކީ ތަރައްޤީއަށް އެޅޭ ހުރަހެއް – ނަޝީދު

މުޅި މާލެ ފުރާ ކޮންކްރީޓު އެޅުމަކީ ތަރައްޤީއަށް އެޅޭ ހުރަހެއްކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ބައެއް ހިސާބުތަކަށް އިއްޔެ މަސްވެރިކަން އިންތިހާއަށް ރަނގަޅުވުމާއެކު ރެކޯޑު އަދަދަކަށް މަސް ކިރާފައިވަނިކޮށް އެކަމާ ގުޅިގެން ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހަޤީޤީ ތަރައްޤީއަކީ މަސްވެރިކަން ރަނގަޅުވެފައިވާ މިފަދަ ދުވަސްވަރެއްގައި މަސްވެރިން ބާނާ މަސްކޮޅު ރަނގަޅު އަގެއްގައި ކިރާލެވުމުގެ ފުރުސަތު ތަނަވަސްކޮށްދެވުންކަމަށެވެ.

ނަޝީދު މިފަދައިން ވިދާޅުވިއިރު މިފްކޯގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ރަމްޒީ އަބޫބަރުކުރު ވިދާޅުވީ ހޮނިހިރު ދުވަހު ކޫއްޑޫ ބަނދަރަށް 400 ޓަނުގެ މަސް ކިރާފައިވާ ކަމަށެވެ. އަދި އެ ކުންފުނީގެ ބޯޓު ފަހަރަށް 300 ޓަނުގެ މަސް ހޮނިހިރު ދުވަހު ކިރުވާފައިވާ ކަމަށެވެ.

އެހެންކަމުން ގާތްގަނޑަކަށް 700 ޓަނުގެ މަސް އިއްޔެ އެކަނިވެސް ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ކިރޭނެ އިންތިޒާމު މިވަނީ ހަމަޖެހިގެން ގޮސްފައެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމާއިލް ވިދާޅުވީ މަސްވެރިކަން ރަނގަޅުވުމާއެކު ބޯޓުތަކުގެ އޮޕަރޭޝަން އިތުރުކޮށް، ފުލް ކެޕޭސިޓީގައި ގެނެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

ނަޝީދު މިކުރެއްވި ޓުވީޓަކީ ރައީސް ޔާމީންގެ ސަރުކާރުގެ ހަރުދަނާކަމާމެދު ތަޢުރީފުކުރައްވާ ކުރެއްވި ފުރަތަމަ ޓުވީޓެވެ. އެއާއެކު ޓުވީޓުގެ އަނެއް ބައިގައި ނަޝީދު ވިދާޅުވަނީ ކޮންކްރީޓަކީ ތަރައްޤީއަށް އެޅޭ ހުރަހެއްކަމަށެވެ.

ބެލެވޭ ގޮތުގައި ނަޝީދު ދެކޮޅު ހައްދަވާފައި މިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ބުރީގެ އިމާރާތާއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ތަފާތުވާނެ- ތަފާތު ދައްކާނެ- ތަފާތު ފެންނާނެ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޓިކެޓުގައި މީދޫ ދާއިރާ ވާދަކުރައްވާ ކެންޑިޑޭޓު، ރޮޒައިނާ އާދަމްގެ ކެމްޕެއިންޓީމުގެ ފަރާތުން ...

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑުކުރަން ރައީސް ނިންމަވައިފި

މިއަހަރުގެ ފަހު ކުއާޓާގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދެމުންދާ އިނާޔާތް ބޮޑު ކުރުމަށް ނިންމާފައިވާކަމަށް ރައީސުލް ޖުމްހޫރިއްޔާ ...

ހުޅުމީދޫ ނަން ބޭނުންކުރުން – ޝުކުރީގެ ހިތްހަމަ ނުޖެހުން

އައްޑޫމީދޫގައި ހިގާ ނުރަގަޅު ކަންކަމުގެ ވާހަކަ ” އޭއޯ ” ނިއުސްގައި ލިޔާއިރު ” ހުޅުމީދޫ ” ގެ ...