މެސެންޖަރ އަށް ފަހު ވައިބަރ އަށް ވެސް އުރީދޫ ނެކްސްޓްގެ ޚިދުމަތް ތައާރަފްކޮށްފި

އާޓިފިޝަލް އިންޓެލިޖެންސް އަދި މެޝިން ލަރނިންގްގެ އެހީގައި މަސައްކަތް ކުރާ އުރީދޫ ނެކްސްޓްގެ ޚިދުމަތް ވައިބަރ އަށް ތައާރަފްކޮށްފިއެވެ.

އުނިމާ ގްރޭންޑުގައި ބޭއްވި ރަސްމިއްޔާތެއްގައި ވައިބަރ އަށް އުރީދޫ ނެކްސްޓްގެ ޚިދުމަތް ތައާރަފްކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ ނަޖީބް ޚާންއެވެ.

އުރީދޫ ނެކްސްޓްގެ ޚިދުމަތް އެންމެ ފުރަތަމަ ތައާރަފް ކޮށްފައިވަނީ ފޭސްބުކްގެ މެސެންޖަރ އެޕްލިކޭޝަނަށެވެ. އަދި ވައިބަރ އަށް ތައާރަފްކުރި އުރީދޫ ނެކްސްޓް ވަރޝަން މިއަހަރުގެ މޮބައިލް ވަރލްޑް ކޮންގްރެސްގައި ވެސް އުރީދޫއިން ވަނީ ދައްކާލާފައެވެ.

ވައިބަރ އަށް ތައާރަފްކުރި ވަރޝަންގައި އެ އެޕްލިކޭޝަން މެދުވެރިކޮށް އުރީދޫ ނެކްސްޓްއަށް ޚާއްސަ ކިއު އާރް ކޯޑުތައް ސްކޭންކޮށްލުމުން ޗެޓް ސްކްރީނެއް ހުޅުވޭނެއެވެ. އަދި އެ ޗެޓް ސްކްރީން މެދުވެރިކޮށް ޑޭޓާ ބޭނުން ކޮށްފައިވާ މިންވަރާއި ޑޭޓާ ބެލެންސް ބެލުން ފަދަ ޚިދުމަތްތައް ލިބިގެންދާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

ސިލިކަން ވެލީގެ ޓެކް ކުންފުންޏެއް ކަމަށްވާ ފާސްޓް ފޯވާޑް އާއި ގުޅިގެން ތައާރަފްކޮށްފައިވާ މި ޕްލެޓްފޯމް މެދުވެރިކޮށް، ކަސްޓަމަރުން ގިނަ ވަގުތުތަކެއް ހޭދަކުރާ ސޯޝަލް މީޑިއާ ޗެނަލްތަކުގައި އުރީދޫ އާއި ބެހޭ މައުލޫމާތު ހޯދައި، އުރީދޫގެ ޚިދުމަތްތައް ޚިޔާރުކުރެވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަގު ހެޔޮކޮށް، މާލެ އާއި ރަށްރަށުގެ ވިޔަފާރި ކަރަންޓު ޓެރިފް އެއްހަމަކުރަނީ

މާލެ އާއި ރަށްރަށުގައި ހިންގާ ވިޔަފާރިތަކުގެ ކަރަންޓު ޓެރިފް ރޭޓުތައް، އެކި ގިންތިތަކަށް އެއްހަމަކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ...

ހުޅުމާލޭގައި ބައިސްކަލު ކުއްޔަށް ދޫކުރުމުގެ ޕްރޮޖެކްޓެއް ބީ.އެމް.އެލްއިން ތަޢާރަފްކޮށްފި

“ސިޓީ ބައިކް” ނަމުގައި ހުޅުމާލޭގައި ބައިސްކަލު ކުއްޔަށް ދޫކުރުމުގެ ޕްރޮޖެކްޓް ތައާރަފްކޮށް ހިންގުމަށް ބޭންކް އޮފް މޯލްޑިވްސް އާއި ...

“ފަހެތިން އެކަތި” ފޯރީގައި ކުރިއަށް

ސްކޫލް ޗުއްޓީއަށް އައިކެއަރ އޮޕްޓިކަލްސްއިން ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަން “ފަހެތިން އެކަތި” ބޮޑު ތަރުހީބަކާ އެކު ކުރިއަށް ...