މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގަދަ 9 ބައިވެރިންގެ ހުށައެޅުންތަކަކާއެކު ގާލާ ރައުންޑުގެ ތިންވަނަ ޝޯވ ރޭ ދައްކައިފިއެވެ.
“ގޯލްޑަން އާޓިސްޓް” ގެނަމުގައި ރޭގެ ޝޯވއަށް ޙާއްސަ ތީމެއް ކަނޑައަޅާފައިވާއިރު، ރޭގެ ޝޯވގައިވެސް ބައިވެރިންގެ ފަރާތުން ރީތި ހިތްގައިމު ހުށައެޅުންތަކެއް ވަނީ ފެނިގެންގޮސްފައެވެ.

ރޭ ހުށަހަޅާފައިވަނީ ރާއްޖޭގެ ކުރީގެ މަޝްހޫރު ބައެއް ފަންނާނުންނާއި، މިހާރުވެސް މިދާއިރާގައި މަސައްކަތްކުރާ ބައެއް ފަންނާނުންގެ ބައެއް ލަވަތަކެވެ.

“ގޯލްޑަން” ލަވަތަކެއްގެ ގޮތުގައި ގިނަބައެއްގެ މަޤުބޫލުކަން ލިބިފައިވާ ލަވަތަކާއެކު ރޭގެ ޝޯވް ވެގެންދިޔައީ ބެލުންތެރިންގެ ތަރުޙީބު ބޮޑު ޝޯވް އަކަށެވެ.
އެހެން ޝޯވތަކެކޭ އެއްފަދައިން މި ހަފްތާގެ ޝޯވގައިވެސް ވާދަކުރާ ބައިވެރިންގެ ތެރެއިން ބެލުންތެރިންނަށް އެންމެ ކަމުދާ ބައިވެރިއަކަށް ވޯޓުލުމަށްޓަކާ އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު ޝޯވ ދެއްކި ވަގުތުން ފެށިގެން މިއަދު ހަވީރު 4 ޖެހުމާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.


މި ހަފްތާގެ ޝޯވއިން ވަކިވާނެ ބައިވެރިއަކު އިޢުލާންކުރުން އޮންނާނީ މިރޭ ބާއްވާ އެލިމިނޭޝަން ނައިޓުގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަދިތިޔާ ނާރާޔަން އާއި އަނބިމީހާ ޝްވެތާ އަގަރްވާލް ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ

ސޮނީ ޗެނަލްއިން ގެނެސްދޭ އިންޑިއާގެ މަޝްހޫރު ރިއަލިޓީ ޝޯ، އިންޑިއަން އައިޑަލް އަދި ޕްލޭބެކް ލަވަކިޔުންތެރިޔާ އަދިތިޔާ ނާރާޔަން ...

މޯލްޑިވިއަން އައިޑަލް ސީޒަން 3: ގަދަ 5 ބައިވެރިންނާއެކު ގާލާ ރައުންޑްގެ ފަހުޝޯވ މިރޭ !

ގަދަ 5 ބައިވެރިންގެ ހުށައެޅުންތަކަކާއެކު މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގާލާ ރައުންޑުގެ ފަހު ޝޯވ މިރޭ އޮންނާނެއެވެ. ...

ޕަރްމާނޫ އަޅުވާ ތާރީހް ތިންވަނަ ފަހަރަށް ފަސްކޮށްފި

ޖޯން އަބްރަހަމްގެ “ޕަރްމާނޫ: ދަ ސްޓޯރީ އޮފް ޕޯކްރަން” އަޅުވާ ތާރީހް ތިން ވަނަ ފަހަރަށް ފަސްކޮށްފި އެވެ. ...