ބޮޑު ބަދަލަކާއިއެކު-އިސްލާމިކް ބޭންކްގެ ރޯދަ ޕްރޮމޯޝަން ފެސިލިޓީ

މޯލްޑިވްސް އިސްލާމިކް ބޭންކް(އެމް.އައި.ބީ) ގެ ފަރާތުން ރޯދަމަހަށް ޙާއްޞަކޮށް “ރޯދަ ޕްރޮމޯޝަން” ބޮޑެތި ބަދަލުތަކާއިއެކު ފަށައިފިއެވެ.މި ޕްރޮމޯޝަންގެ ދަށުން 250،000.00 ރ ހަމައަށް ގޭތެރެއަށް ބޭނުންވާ ހިފާ ގެންގުޅޭ ސާމާނު ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.މީގެއިތުރަށް ފަރުނީޗަރާއި،އިލްކްޓްރިކް ސާމާނާއި، ފޯނާއި ކޮމްޕިއުޓަރ، ޓެލެވިޜަން އަދި ދޮންނަ މެޝިން ފަދަ ތަކެތި ހޯދުމަށް ފުރުސަތު ލިބޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ އެ ބޭންކްގެ “ކޮންސިއުމަރ ގޫޑްސް ފައިނޭސިންގ ފެސިލިޓީގެ” ދަށުންނެވެ. މި ޕްރޮމޯޝަން މެއި މަހުގެ 17 ގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖައްސާފައިވާއިރު މި ޕްރޮމޯޝަންގެ ދަށުން މުދާ ގަންނަ ފަރާތްތަކަށް ބޭންކަށް އަނބުރާ ފައިސާ ދެއްކުމަށް 3 އަހަރުގެ މުއްދަތެއް ލިބިގެންދާނެއެވެ.

“މި ޕްރޮމޯޝަނާއި އެކު އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ކުރިއަށް އޮތް ރޯދަ މަހަށް ގޭތެރެ އަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނުތައް ފަސޭހަ ކަމާ އެކު ގަނެވޭނެ،” އިސްލާމިކް ބޭންކްގެ ޗީފް އޮޕަރޭޓިން އޮފިސަރ އަހުމަދު ރިޒާ ވިދާޅުވި އެވެ.

ރިޒާ ވިދާޅުވީ އިސްލާމިކް ބޭންކުން ބަލައިގަނެފައިވާ ފިހާރައަކުން ހޯދަން ބޭނުންވާ ސާމާނުތަކެއްގެ އަގާއެކު ރޯދަ ޕްރޮމޯޝަނަށް އެދޭ ފޯމާއެކު އެ ބޭންކުގެ ކޮންމެ ބްރާންޗަކަށް ހުށަހެޅުމުން ރޯދަ ޕްރޮމޯޝަނުގައި ބައިވެރިވެނޭކަމަށެވެ.އަދި ޕްރޮމޯޝަނުގައި ބައިވެރިވުމަށް އެދޭފޯމު އެ ބޭންކުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. އެ ބޭންކުގެ ވެބްސައިޓް އެޑްރެސްއަކީ www.mib.com.mv

އިސްލާމިކް ބޭންކުން ބުނީ، ރާއްޖޭގައި ޤާޢިމުކޮށްފައިވާ އެބޭންކުގެ ކޮންމެ ބްރާންޗަކުންވެސް މި ޕްރޮމޯޝަންގެ އެޕްލިކޭޝަން ބަލައިގަންނާނެކަމަށާއި އަދި ޕްރޮމޯޝަނުގައި ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ބައިވެރިވެވޭނެ ކަމަށެވެ.މާލޭގެ އިތުރުން އިސްލާމިކް ބޭންކުގެ ބްރާންޗްތައް ހިންގަނީ ހުޅުމާލެ، ހދ. ކުޅުދުއްފުށި، ގދ. ތިނަދޫ، ފުވައްމުލަކުގެ އިތުރުން އައްޑޫ ހިތަދޫގައެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކަކީ ރާއްޖޭގައި ރިބާއާއި ނުލައި އިސްލާމީ ޝަރީޢަތާއެއްގޮތްވާ ގޮތުގެމަތިން ފުރަތަމަ ޚިދުމަތް ފޯރުކޮށްދޭންފެށި ފަރާތެވެ.އިސްލާމިކް ބޭންކުން ލިބޭ ޚިދުމަތްތަކުގެ ތެރޭގައި ކިޔެވުމަށް ބޭނުންވާ ފައިސާ ފޯރުކޮށް ދިނުމާއި،އެކައުންޓު ހުޅުވުމާއި،ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތާއި ވިޔަފާރިތަކަށް ބޭނުވާ މާލީ އެހީތެރިކަމާއި ގޯތިގެދޮރު ޢިމާރާތް ކުރުމަށް ބޭނުވާ ހުރިހާ މާލީ އެހީތެރިކަމެއް ފޯރުކޮށް ދިނުންހިމެނެއެވެ.މީގެ އިތުރުން “އިންޓަރނެޓް ބޭންކިންގ”ގެ ޚިދުމަތްވެސް އެބޭންކުން ފޯރުކޮށް ދެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް އިސްލާމިކް ބޭން ހިތަދޫ ބްރާންޗްގެ 6888111 އަށް ގުޅުމުން ނުވަތަ އިސްލާމިކް ބޭންކުގެ ކޯލްސެންޓަރ ނަންބަރު 5555 332 އަށް ގުޅުމުން ސާފުވާނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިފްކޯގެ 14 އައިސްޕްލާންޓެއް ފެނަކައާ ޙަވާލުކޮށްފި

މިފްކޯއިން ހިންގަމުން އައި 14 އައިސްޕްލާންޓެއް ފެނަކަ ކޯޕަރޭޝަނާ ޙަވާލުކޮށްފިއެވެ. މިފްކޯގެ 14 އައިސް ޕްލާންޓް ފެނަކައާއި ހަވާލް ...

އުރީދޫގެ އާ ޕޯސްޓްޕެއިޑް ޕެކޭޖުތަކަށް ހާއްސަ ކެމްޕެއިނެއް ފަށައިފި

އުރީދޫއިން އަލަށް ތައާރަފު ކޮށްފައިވާ ޕޯސްޓްޕެއިޑް ޕެކޭޖުތަކާއި ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ ކެމްޕެއިނެއް ފަށައިފި އެވެ. އުރީދޫގެ ...

މިއަދުން ފެށިގެން ވަކި ވަގުތުތަކެއްގައި އައްޑޫސިޓީގެ ކެފޭ ރެސްޓޯރެންޓްތައް ހުޅުވައިގެން ޚިދުމަތް ދެވޭނެ- އައްޑޫސިޓީ ކައުންސިލް

އައްޑޫސިޓީގެ ކެފޭ ރެސްޓޯރެންޓްތައް  ވަކި ވަގުތުތަކުގައި ހުޅުވުމުގެ ހުއްދަ ދިނުމަށް އައްޑޫސިޓީ ކައުންސިލުން ނިންމަވައިފިއެވެ. މިކަން މިގޮތައް ނިންމެވިކަން ...