މިއަހަރުގެ އަރތް އަވާ ފާހާގަ ކުރުމުގެ ހަރަކާތް އައްޑޫސިޓީގައި ބާއްވަނީ

ކޮންމެ އަހަރަކުވެސް މުޅި ދުނިޔޭގައި އަރތް އަވާގެ ގޮތުގައި ފާހަގަކުރަމުންގެންދާ ހަރަކާތް މިއަހަރުވެސް ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވާއިރު، މިއަހަރުގެ މައި ‘ސްވިޗް-އޯފް އިވެންޓް’ ގެ ހޯސްޓް ސިޓީއަކަށް ހަމަޖެހިފައިވަނީ އައްޑޫސިޓީކަމުގައި މިހަރަކާތް އިންތިޒާމު ކުރާ ފަރާތް، އަރތް އަވާ މޯލްޑިވްސް ކަންޓްރީ ޓީމް އަދި އީކޯ ކެއަރ މޯލްޑިވްސްއިން ބުނެފިއެވެ.

އަރތް އަވާ މޯލްޑިވްސް ކަންޓްރީ ޓީމުން ބުނިގޮތުގައި މިއަހަރުގެ މިހަރަކާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވާ ހޮނިހިރު ދުވަހުގެ ރޭ 8:30 އިން 9:30 އަށް ކަމަށެވެ.

މިއަހަރުގެ އަރތް އަވާ ހަރަކާތް ކުލަގަދަގޮތެއްގައި ފާހަގަ ކުރުމަށްޓަކައި އައްޑޫސިޓީ ކައުންސިލާއި، އައްޑޫގެ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އެހެނިހެން މުޢައްސަސާތަކާއި ގުޅިގެން އަރތް އަވާ މޯލްޑިވްސް އަދި އީކޯ ކެއަރ ގެ ޓީމުން ވަނީ މަސައްކަތް ފަށާފައެވެ. މިގޮތުން ބޭންކް އޮފް މޯލްޑިވްސް، ފެނަކަ، އެމް.އެން.ޑީ.އެފް، މޯލްޑިވްސް ރެޑް ކްރެސެންޓް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ، ސީކެޕް އަދި ބައެއް ޖަމްޢިއްޔާތަކާއެކު އިއްޔެ ވަނީ ބައްދަލުވުމެއް ބާއްވައި ހަރަކާތް ރާވައި ހިންގާނެ ގޮތުގެ މަޝްވަރާކުރައްވާފައެވެ. މީގެއިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެހީތެރިކަމާއެކު މިދިޔަ ހުކުރު ދުވަހު ޒުވާނުންނަށާއި ޖަމްޢިއްޔާ ޖަމާޢަތްތަކަށް ހާއްސަ ކުރެވިގެން ‘އާރތް އަވަރ އެޑްވޮކެސީ ޓްރޭނިންގ’ ގެ ނަމުގައި ކައުންސިލް އިދާރާގައި ވަނީ ތަމްރީން ޕްރޮގްރާމެއް ހިންގާފައެވެ. މިތަމްރީން ހަރަކާތުގައި މޭޔަރ އަބްދުﷲ ޞާދިޤްވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

އަރތް އަވާ އަކީ ބައިނަލްއަގުވާމީ ޖަމްޢިއްޔާ ވޯލްޑް ވައިލްޑްލައިފް ފަންޑުން އިންތިޒާމުކޮށްގެން 2007 ވަނަ އަހަރުން ފެށިގެން ކުރިއަށްދާ ހަރަކާތެކެވެ. އަދި 2009 ވަނަ އަހަރުން ފެށިގެން ރާއްޖޭގައިވެސް އަރތް އަވާ ފާހަގަކުރުމުގެ ހަރަކާތްތައްދަނީ ބާއްވަމުންނެވެ.

ދުނިޔެ ހޫނުވުމާއި، ތިމާވެއްޓަށާއި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވެ ތިބުމަށާއި، ގެއްލުން ކުޑަކުރުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކަށް އާންމުން ހޭލުންތެރި ކުރުމާއި، ފަރުދީ ފެންވަރުގައިއާއި މުޖުތަމަޢުގެ ފެންވަރުގައި ހަރަކާތްތެރިވުމަށް ގޮވާލައި ހިންގޭ މިހަރަކާތަކީ ބައިނަލްއަޤުވާމީ ގޮތުން މިއަދު ދުނިޔޭގައި ހިންގޭ އެންމެ ބޮޑު ގޮވާލުމެވެ. ދުނިޔެއަށްޓަކައި އެއްގަޑިއިރަށް ބޮކިތައް ނިއްވާލުމުގެ ރަމްޒީ މިހަރަކާތަކީ އަމަލީ ގޮތުން ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތް ކުރާ އަދި އެކަމަށް ބާރުއަޅާ ގޮވާލާ ހަރަކާތެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފަނޑިޔާރުގެއާއި މެދު ރައްޔިތުންގެ އިތުބާރު މިހާރު ލިބިއްޖެ – ހިސާން

ފަނޑިޔާރުގެތައް މިއަދު ރައްޔިތުންގެ އިތުބާރު ކުރާ ތަންތަނަށް ވެފައިވާކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސާ ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ. ...

ހުޅުދޫ މަގުތައް ހެދުމުގައި ހުރި ކަންބޮޑުވުން ހައްލުކޮށްދިނުމަށް އެދި ޒުވާނުން އަޑު އުފުލައިފި

ހުޅުދޫގެ މަގުތައް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު އެކަމުގައި ހުރި ބައެއް ހިތްތަމަނުޖެހުންތަކާއި ...

ކޮވިޑް 19 – ރާއްޖެ އައި އިތުރު ފަތުރުވެރިޔަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

ރާއްޖެ އައި އިތުރު ފަތުރުވެރިޔަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ ޑރ.ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖެ އިން ފުރުމުގެ ...