ޕާޓީ ބަދަލުކޮށް ނުވަތަ ޕާޓީއިން ވަކިކުރާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ރައްޔިތުމްގެ މަޖިލީހަށް ހުސަހެޅި އެންޓި ޑިފެކްޝަން ބިލް މަޖިލީހުން ފާސްކޮށްފިއެވެ.

ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު މަޖިލީހަށް ހުށަހެޅި އެންޓި ޑިފެންކްޝަން ބިލު 36 މެމްބަރުންގެ ވޯޓާ އެކު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިއަދު ބޭއްވި ޖަލްސާގައެވެ.

މި ބިލަކީ ރައްޔިތުން މަޖިލީހުގެ މެންބަރަކު އިންތިހާބުވި ޕާޓީން ވަކިކޮށްފި ނަމަ ނޫނީ އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފައިވާ ބިލެކެވެ.

މިއަދު އެ ބިލު ފާސްކޮށްފައި ވަނީ 13 ޖުލައި 2017 ވަނަ ދުވަހުގެ ފަހުން މަޖިލީހުގެ މެމްބަރެއް ނޫން ކަމަށް އިލެކްޝަނުން މަޖިލީހަށް އަންގާފައިވާ ހާލަތްތަކުން ފެށިގެން ކަމަށް ކަނޑަ އެޅުމަށް ފަހުގައެވެ.

އަދި ވިޕްލައިނާ ހިލާފުވެގެން ވެސް ގޮނޑި ނުގެއްލޭނެ ކަމަށާއި، އަދި ވިޕްލައިނާ ހިލާފުވެގެން ވެސް ގޮނޑި ނުގެއްލޭނެ ކަމަށް އެ ބިލުގައި ވަނީ ބުނެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފެނަކައިގެ ކުރީގެ އެމްޑީ ނިމާލް ހިމެނޭހެން 4 މީހެއްގެ މައްޗަށް ދަޢުވާކުރަން ފޮނުވައިފި

ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ނިމާލް ހިމެނޭހެން 4 މީހެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ...

ފުއްގިރީގެ ވައްކަމުގައި އުޅުމަށްފަހު، މެމްބަރު ބޮންޑޭ އެހެންމީހުންނަށް ވަގަށް ގޮވުން ގޯސް: ނިހާދު

ފުއްގިރި ގަންނަން “ޑީލް”ހެދީ މާފަންނު މެދު ދާއިރާހެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ)ކަމަށާ، އެރަށަށް ފައިސާ ދެއްކީވެސް އޭނާކަމަށް ...

ނަން މަޝްހޫރު ހޮސްޕިޓަލިޓީ ސްކޫލެއްގެ ކެމްޕަހެއް ރާއްޖޭގައި ގާއިމްކޮށްދޭނަން: ރައީސް

ދުނިޔޭގެ ނަން މަޝްހޫރު ހޮސްޕިޓާލިޓީ ސްކޫލެއްގެ ކެމްޕަހެއް އަޅުއްވައިދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހިމް ...