2017 ވަނަ އަހަރުގެ ލޮއުރިއަސް ކުޅިވަރު ޝަޙްސިއްޔަތުގެ މަޤާމް ފެޑެރާއަށް

2017  ވަނަ އަހަރުގެ ލޮއުރިއަސް ކުޅިވަރު ޝަޙްސިއްޔަތުގެ މަޤާމް ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިއާ ރޮޖަރ ފެޑެރަރ ހޯދައިފިއެވެ.

ފެޑެރަރ 2017 ވަނަ އަހަރުގެ ސްޕޯޓްސްމަންގެ މަޤާމް ހޯދާފައި މިވަނީ ޓެނިހުގެ ރަފައެލް ނަދާލް އާއި ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، އިނގިރޭސި ވިލާތުގެ ދުވުންތެރިއާ މޯ ފަރާޙް، އެފް.ވަންގެ ހެމިލްޓަން އަދި ބައިސްކަލް ރޭސް ޖެހުމުން ކުރި ހޯދާފައިވާ ކްރިސް ފްރޫމް އާއި ވާދަކޮށެވެ.

ދުނިޔޭގެ ކުޅިވަރު ކުޅުންތެރިންގެ މެދުގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމުގައިވާ ލޮއުރިއަސް ސްޕޯޓްސްމަން އޮފް ދަ އިޔާގެ މަޤާމް ފެޑެރަރ ހޯދާފައިވަނީ ނިމިގެންދިޔަ އަހަރުގެ ވިމްބްލްޑަން ޓެނިސް މުބާރާތާއި، އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކޮށްގެންނެވެ. މީގެ އިތުރުން ފެޑެރަރ ވަނީ މިއަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް ކަމުގައިވާ އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށް ވިހި ގްރޭންޑް ސްލޭމް ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިއާގެ ޝަރަފް ހޯދާފައެވެ.

އަދި އުމުރުން 36 އަހަރުގައި ފެޑެރަރ ވަނީ އަލުން ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިއާގެ މަޤާމްވެސް ހޯދާފައެވެ. މޮނާކޯގައި ރޭ ބޭއްވި ލޮއުރިއަސް ސްޕޯޓްސް އެވޯޑް ޝޯގައި ފެޑެރަރ ވަނީ އަހަރުގެ އެންމެ މޮޅު ކަމްބެކްގެ އެވޯޑްވެސް ހޯދާފައެވެ.

ރޭގެ ހަފްލާގައި އިޓަލީ އަދި ރޯމާގެ ކުރީގެ ތަރި ފްރެންސިސްކޯ ޓޮޓީއަށް ވަނީ އެކްސެޕްޝަނަލް އެޗީވްމަންޓް އެވޯޑްވެސް ދީފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައްޔިތުން އެދޭ ގޮތް އެގޭނީ ރައްޔިތުންނަށް، އެކަކަށްވެސް ނިޒާމީ ވޯޓަށް އިންކާރުނުކުރެވޭނެ

ރައްޔިތުން އެދޭ ރަނގަޅު އެގޭނީ ރައްޔިތުންނަށް ނަމަވެސް ނިޒާމީ ވޯޓެއް ނެނގުމާއިމެދު އެއްވެސް މީހަކަށް އިންކާރު ނުކުރެވޭނެ ކަމަށް ...

ކޯވިޑް19 އަށް ފަރުވާ ހޯދަމުންދިޔަ ކުރީގެ ސިފައިންގެ ބޭކަލަކު ނިޔާވެއްޖެ

ކޯވިޑް19 އަށް ފަރުވާހޯދަމުން ދިޔަ ކުރީގެ ސިފައިންގެ ބޭކަލަކު ނިޔާވެއްޖެ އެވެ. މިއީ މިބަލީ ގައި ރާއްޖެއިން ނިޔާވި ...

މަޖިލިސް ރައީސް ނަޝީދު އިންތިޚާބީ ރައީސް ޑރ. މުއިއްޒާއި ބައްދަލު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބައްދަލު ކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގައި ...