މިރޭ ސްޕެނިޝް ލީގުގައި އަލަވޭސް އާއި ދެކޮޅަށް ކުޅުނު މެޗު 4 ލަނޑު 0 ލަނޑުން ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.

މިރޭގެ  މިމޮޅާއެކު ލީގުގެ 3 ވަނާގައި  ރެއާލް މިހާރު އޮތީ 25 މެޗުން ލިބިފައިވާ 51 ޕޮއިންޓާ އެކުއެވެ. ދެވަނާގައި 55 ޕޮއިންޓާ އެކު އެތުލެޓީކޯ މެރްރިޑް އޮތްއިރު   އެއްވަނައިގައި 62 ޕޮއިންޓާ އެކު އޮތީ ބާސެލޯނާއެވެ.

އަލަވޭސް އާއިއެކު ރެއާލްމެޑްރިޑް މިރޭ ކުޅުނު މެޗުގައި ރެއާލްގެ ފުރަތަމަ ލަނޑު  44 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ.

ރެއާލް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ފެށިގެން 46 ވަނަ މިނިޓްގައި ރެއާލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބެލްއެވެ.

ރެއާލްމެޑްރިޑްގެ  ތިންވަނަ ގޯލު މެޗުގެ 61 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ.  ރެއާލްގެ ހަތަރުވަނަ ގޯލު މެޗުގެ 89 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބެންޒީމާއެވެ.

ބޮޑު މޮޅެއް ރެއާލް އިން ހޯދިއިރު ކުރިއަށް ސްޕެނިޝް ލީގު ހޯދުމުގެ ފުރުސަތު ރެއާލް އަށް ގާތްގަނޑަކަށް ގެއްލިފައެވެ.  މި ސީޒަނުގައި އެޓީމަށް ހޯދުމުގެ ފުރުސަތު މިހާރު އޮތީ ޗެމްޕިއަންސް ލީގު އެކަންޏެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން ރޭ ފަށާފައިވާ އިރު ރެއާއި އިއްޔެ ކުޅެވުނުމެޗްތަކުގެ ނަތީޖާ

އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން ރޭ ފަށާފައިވާ އިރު ރެއާއި އިއްޔެ ކުޅެވުނުމެޗްތަކުގެ ނަތީޖާ ބާލިން އާއި ބްރައިޓަން ...

ރޮނާލްޑޯއަށް ރަތްކާޑު ދެއްކިމެޗުން ޔުވެންޓަސް މޮޅުވެއްޖެ

ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް ރޭ ރަށުން ބޭރުގައި ވެލެންސިއާ އާއި ބައްދަލުކޮށް 2-0 އިން މޮޅުވެއްޖެ އެވެ. ރޭ ...

ލިވަޕޫލް ކަޓުވާލައި އެތުލެޓިކޯ ކުއާޓާއަށް

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން އެންމެ ފަހުގެ ޗެމްޕިއަން އިންގްލެންޑުގެ ލިވަޕޫލް ކަޓައިފި އެވެ. ލިވަޕޫލް ...