ދޫގަސް ސިޓީ ހޮޓަލެއްގެ ގޮތުގައި ތަރައްޤީކޮށް އަލުން ހުޅުވަނީ

އައްޑޫ ސިޓީ ގަމުގެ ދޫގަސް ސިޓީ ހޮޓަލެއްގެ ގޮތުގައި ތަރައްޤީކޮށް އަލުން ހުޅުވަން ނިންމައިފިއެވެ. އެގޮތުން ދޫގަސް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކޮންސެޕްޓްގެ ޑިޒައިން ރޭ ވަނީ އިފްތިތާޙްކޮށްފައެވެ.

ސަރުކާރުން ސިޓީ ހޮޓަލެއް ތަރައްގީކުރުމަށް އެމްޕީއެލްއާ ހަވާލުކުރައްވާފައިވާ ދޫގަސް މަޝްރޫޢުގެ ކޮންސެޕްޓް ޑިޒައިން އިފްތިތާޙް ކޮށްދެއްވީ މިކަމައްޓަކައި ރޭ ގަމުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިމަޝްރޫޢުގެ ދަށުން ކުރިއަށް އޮތް ފަސް މަސްދުވަހުގެ ތެރޭގައި ދޫގަހުގައި 40 ކޮޓަރި ތަރައްޤީކޮށް އެތަނުގެ ޚިދުމަތްދޭން ފަށާނެކަމަށް އެމް.ޕީ.އެލުން ބުނެއެވެ. އަދި އަހަރެއްހާ ދުވަހުގެ ތެރޭގައި ކޮޓަރީގެ އަދަދު 80 އަށް އިތުރުކުރާނެކަމަށް އެނުންފުނިން ބުނެއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ތާރިޤް އިބްރާހީމް ވިދާޅުވީ، އައްޑޫ ސިޓީ ގަމަކީ ރާއްޖޭގެ ވަރަށް މުހިއްމު ތަރިކައެއްކަމަށާއި މިތަރިކަ ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. ގަމަކީ އައްޑޫ ސިޓީގެ އިޤްތިސާދާ ގުޅިފައިވާ ރަށެއްކަމަށާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް އަންނަމުންދާ ކުރިއެރުމާއެކު ދޫގަސް ތަރައްޤީކޮށްގެން އައްޑޫ ސިޓީގެ ރައްޔިތުންނަށް އެކަމުގެ މަންފާ ލިބިގެންދާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ދޫގަސް މީގެ އަހަރުތަކެއް ކުރިން އޮތީ އަޅާނުލެވި ދޫކޮށްލާފަކަމަށާއި އެހެންނަމަވެސް ރައީސް ޔާމީންގެ ސަރުކަރުން ދޫގަސް މެދުވެރިކޮށް އައްޑޫ ރައްޔިތުންންނަށް އެންމެ އެކަށީގެންވާ ކުރިއެރުމާއި ފުދުންތެރިކަން ހޯއްދަވައިދެއްވާނެކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވިދާޅުވީ، އަދުގެ ސަރުކާރުން  ދޫގަސް، ސިޓީ ހޮޓަލެއްގެ ގޮތުގައި ތަރއްޤީކުރުމަށް ނިންމައި، އެމަސައްކަތް ފެށިގެން ދިއުމުން ރާއްޖޭގެ އިޤްތިސާދަށާއި ޚާއްސަކޮށް އައްޑޫ ސިޓީއަށް އަށް އާމްދަނީ ވަންނާނެ ދޮރާއްޓަކަށް ދޫގަސް ވެގެންދާނެކަމަށެވެ.

ދޫގަސް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ކޮންސެޕްގެ ޑިޒައިން އިފްތިތާޚް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ އިސްބޭފުޅުން ބައިވެރިވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސ. ހުޅުދޫ މީދޫގައި އުރީދޫގެ އާބިޒްނަސް ޕާޓްނަރ ފިހާރައެއް ހުޅުވައިފި

ސ. ހުޅުދޫ މީދޫގައި އުރީދޫގެ އާބިޒްނަސް ޕާޓްނަރ ފިހާރައެއް ހުޅުވައިފިއެވެ. ހަވާރަން އުރީދޫ ބިޒްނަސް ޕާޓްނަރ ފިހާރަ ރިބްރޭންޑްކޮށް ...

އައްޑޫގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެޓާއިން އިންޑިއާއަށް ފުރައިފި

އައްޑޫގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ކުރިއެރުވުމުގެ މަޤްސަދުގައި މިމަހުގެ 27 ން 28 އަށް ސްރީލަންކާގެ ކޮލޮމްބޯ އަދި އިންޑިއާގެ ޗެންނާއީގައި ...

ފްލައިމީގެ ދަތުރުތައް އައްޑޫއާއި ފުވައްމުލަކަށް އަނެއްކާވެސް ފަށަން ތައްޔާރުވަނީ

ފުލައިމީގެ ދަތުރުތައް އައްޑޫއާއި ފުވައްމުލަކަށް ފެށުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ އެއަރލައިނުން ބުނެފިއެވެ. ފުލައިމީގެ އޮފިޝަލަކު ވިދާޅުވީ، އެ ...