އައްޑޫ ޓާޝަރީ ހޮސްޕިޓަލުގެ ހިދުމަތް މިއަހަރުގެ މެދެއްހާ ހިސާބުގައި ދޭން ފެށޭނެ: ރައީސް

ސާކް ސަމިޓް ބޭއްވުމަށް އައްޑޫގައި އެޅި އީކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) އަށް ބަދަލުތަކެއް ގެނައުމަށް ފަހު އެތަނުގައި ތައްޔާރު ކުރަމުންދާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ ހިދުމަތް މިއަހަރުގެ މެދެއްހާ ހިސާބުގައި ދޭންފެށޭނެ ކަމަށް ރައީސުލްޖުމޫހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައެވެ.

100 އެނދުގެ ޓާޝަރީ މިހޮސްޕިޓަލް ނިމޭއިރު އެތަނުގައި އެމްއާރުއައި އަދި ސީޓީ ސްކޭންގެ ހިދުމަތާއި، ފަސް އޮޕަރޭޝަން ތިއޭޓަރުގެ އިތުރުން މޯޗަރީ އަކާއި ޕްރައިވެޓް ރޫމްތައް ވެސް ހުންނާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ ކުރިން ވިދާޅުވެފައެވެ.

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މީގެ ކުރިން ވިދާޅުވީ އީސީސީގައި ތައްޔާރުކުރަމުންދާ މި ހޮސްޕިޓަލުގެ މަސައްކަތަށް  ސައުދީ ފަންޑުން 12.5 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އޯޕެކް ފަންޑުން 8.4 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ކަމަށްވެސް އަހުމަދު މުނައްވަރު ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެސްޓީއޯއިން ދަނޑުވެރިންގެ އުފެއްދުންތައް ގަތުމަށްފަހު އެތަކެތި މާކެޓަށް ނެރެނީ

ރާއްޖޭގެ ދަނޑުވެރިން އުފައްދާ ބާވަތްތައް އެސްޓީއޯއިން ގަތުމަށްފަހު މިއަހަރުގެ ތެރޭގައި މާކެޓަށް ނެރޭނެކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ...

އެމްއެންޑީއެފުން ހުޅުމާލޭގައި ހަވާ އަރުވަނީ

އާ އަހަރަށް މަރުހަބާ ކިޔުން ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި ހަވާ އަރުވަން ނިންމާފައިވާ ކަމަށް އެމްއެންޑިއެފުން ބުނެފިއެވެ. އެމްއެންޑީއެފުން ...

ބޮޑު އަޣުލަބިއްޔަތަކުން ރައީސް ޔާމީން ރިޔާސީ އިންތިޚާބުން ކާމިޔާބު ހޯއްދަވާނެ – ޑރ. ޝަހީމް

ދިވެހި ރައްޔިތުން ތިބި ގޮތް ޔަޤީންވެއްޖެކަމަށާ ބޮޑު އަޣުލަބިއްޔަތަކުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން 2018 ގެ ރިޔާސީ އިންތިޙާބު ...