ރާއްޖެއަށް އިންޑިއާ ސިފައިން ފޮނުވަން ނަޝީދު ގޮވާލައްވައިފި

ދިވެހިރާއްޖެއަށް އިންޑިއާ ސިފައިން ފޮނުވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާ ސަރުކާރަށް ގޮވާލައްވައިފިއެވެ.

އިންޑިއާ ސިފައިން ރާއްޖެ ފޮނުވަން ރައީސް ނަޝީދު ގޮވާލެއްވީ ދެންމެ ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވީ ފަނޑިޔާރުންނާއި ކުރީގެ ރައީސް މައުމޫން ސަލާމަތް ކުރެއްވުމަށް އިންޑިއާގެ ހާއްސަ މަންދޫބެއް ސިފައިންނާއި އެކު ރާއްޖެ ފޮނުވުމަށް ދިވެހި ރައްޔިތުންގެ ފަރާތުން އިންޑިއާ ސަރުކާރުގައި އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ.

އެމެރިކާ އިން ދިވެހި ސަރުކާރުގެ އިސްވެރިންގެ މާލީ މުއާމަލާތްތައް ހުއްޓުވައި ދިނުމަށް ވެސް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދު މީގެ ކުރިން ވެސް އެކި ފަހަރު މަތިން ވަނީ ރާއްޖެއަށް ސިފައިން ފޮނުވަން އިންޑިއާ ސަރުކާރަށް ގޮވާލައްވާފައެވެ. އަދި ރާއްޖޭގެ މައްސަލަތައް ހައްލުކުރަން އިންޑިއާ އިން “އެކަށީގެންވާ ބާރެއް” ބޭނުން ނުކުރާތީ އެމަނިކުފާނު މީގެ ކުރިން ވެސް ހިތްހަމަނުޖެހުން ފާޅުކުރައްވާފައި ވެއެވެ.

އިންޑިއާ ސިފައިން ރާއްޖެއަށް ފޮނުވަން ރައީސް ނަޝީދު އިންޑިއާ ސަރުކާރަށް ގޮވާލައްވާފައި ވާއިރު ސުޕްރީމް ކޯޓުން ކުއްލި ގޮތަކަށް ކުރި އާދަޔާއިހިލާފު ޙުކުމަކާއި ގުޅިގެން އުފެދުނު ނުތަނަވަސް ކަމަށް ފަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާފައެވެ.

އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން ވަނީ ވަނީ ހައްޔަރުކޮށްފައެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔާމީން އަތުން ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ހޯދަން ދައުލަތުން ކޯޓަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ފައިސާ ހޯދުމަށް ދައުލަތުން ސިވިލް ...

ރައީސްގެ ނިންމެވުމާ އެއްގޮތަށް ކަރަންޓާއި ފެންބިލްގެ ޖޫރިމަނާ އަންނަ މަހުން ފެށިގެން މަޢާފް

ކަރަންޓު ބިލާއި ފެންބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާތައް މަޢާފްކުރުމަށް ރައީސުލްޖުމްހޫރިއްޔާ މިމަހުގެ 24 ވަނަ ދުވަހު ...

ރައްޔިތުން ނިންމާ ނިންމުމަކަށް، އިޚުތިރާމްކޮށް ޤައުމާއިގެން ކުރިއަށް ދާންޖެހޭ: ނައިބް ރައީސް

މިއަދުގެ ވޯޓުލުން ކޮންމެ ގޮތަކަށް ނިމުނު ނަމަވެސް ރައްޔިތުން ނިންމާ ކޮންމެ ނިންމުމަށް އިޚުތުރާމުކޮށް ޤައުމާއިގެން ކުރިއަށް ގެންދަން ...