އާ ސަރުކާރުގައި ފެނަކައިިގެ އެމްޑީއަކަށް މުއާޒު

މި މަހުގެ 17 ވަނަ ދުވަހު އުފެދޭ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރަކަށް މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު މުޢާޒު މުޙައްމަދު ހަމަޖައްސަން ނިންމައިފިއެވެ.

ފެނަކައިގެ އެމްޑީއަކަށް ޕީޕީއެމްގެ ސެނެޓަރު މުޢާޒު ހަމަޖައްސަން ނިންމިކަން ޕީޕީއެމްގެ ބޭފުޅަކު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ.

އަމިއްލަ ގޮތުން ކުރިމަތިލައްވައި މަޑަވެލީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި މުއާޒު ޕީޕީއެމްއާ ގުޅިވަޑައިގެންނެވީ 2015 ގައެވެ. މުއާޒު ވަނީ މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެމްޕެއިން މެނޭޖަރުގެ މަގާމު ވެސް ފުރުއްވައިިފައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޯޓުން ގޮތެއް ނިންމަންދެން ހިތަދޫގެ ގޯތިތައް ހުސްކުރުން މަޑުޖައްސާލަން އަންގައިފި

އައްޑޫ ސިޓީ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ސަރަހައްދުން ދޫކޮށްފައިވާ ގޯތިތައް ހުސް ކުރުމަށް އެ ސިޓީ ކައުންސިލުން އެންގި ...

ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދަމުން ދިޔަ 54 އަހަރުގެ މީހަކު މަރުވެއްޖެ

ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ކޮވިޑް ބަލީގެ މީހަކު މަރުވެއްޖެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުގައި  ކޮވިޑް ޖެހިގެން ...