ކޯޓުން ގޮތެއް ނިންމަންދެން ހިތަދޫގެ ގޯތިތައް ހުސްކުރުން މަޑުޖައްސާލަން އަންގައިފި

އައްޑޫ ސިޓީ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ސަރަހައްދުން ދޫކޮށްފައިވާ ގޯތިތައް ހުސް ކުރުމަށް އެ ސިޓީ ކައުންސިލުން އެންގި އެންގުމަށް އަމަލު ކުރުން މަޑު ޖައްސާލަން އައްޑޫ ސިޓީ މެޖިސްޓްރޭޓު ކޯޓުން އަންގައިފިއެވެ

އައްޑޫ ސިޓީ މެޖިސްޓްރޭޓު ކޯޓުން ނެރެފައިވާ ވަގުތީ އަމުރެއްގައި ބުނެފައި ވަނީ އެ މައްސަލާގައި އެ ކޯޓުން ގޮތެއް ނިންމަން ދެން ގޯތިތައް ހުސް ކުރުން މަޑުޖައްސާލަން އަންފާ ކަމަށެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އިރުމަތީ ފާރާތާއި ހުޅަނގު ފަރާތުން ދޫކޮށްފައިވާ ބިންތައް އެ ސަރަހައްދުން ނެގުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމި ނިންމުން ބާތިލުކޮށްދިނުމަށް ކޯޓަށް މައްސަލަ ހުށަހެޅީ، އެ ގޯތިތަކުގެ ވެރިންނެވެ.

ގޯތިތައް ނެގުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމީ އޭއީއެޗް ހިމެނޭ ސަރަހައްދަކީ އައްޑޫގެ އިގްތިސާދީ ކަންކަމާއި އަދި އިޖުތިމާއީ ކަންކަމާ ގުޅުންހުރި ކަންކަން މުސްތަގުބަލުގައި ފުޅާ ދާއިރާއެއްގައި ހިނގާނެ ކަމަށް ބެލެވޭ ސަރަހައްދަކަށް ވާތީ ކަމަށް ބުނެއެވެ.

އަދި މި ސަރަހައްދު ގުޅިފައިވަނީ އައްޑޫގެ ހުރިހާ ރައްޔިތުންގެ މަސްލަހަތާއި ކަމަށްވާއިރު، އައްޑޫ ރައްޔިތުންގެ މަސްހަލަތާ ގުޅިފައިވާ މި ސަރަހައްދުގައި އާއްމުވެގެންވާ މަންފާއަކަށް ބިން އެލޮކޭޓްކުރެވިފައި ނުވާ ކަމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގިނަ މީހުން އަހަރެންގެ އިންސްޓެގްރާމް ބެލުމަކީ ވަރަށް އުފާވާ ކަމެއް- ޕްރިޔަންކާ

ބޮލީވުޑް އަދި ހޮލީވުޑްގައިވެސް ފިޔަޖަހަމުން އަންނަ ތަރި ޕްރިޔަންކާ ޗޯޕްރާ، މި ފެށުނު އާ އަހަރު ފާހަގަ ކޮށްފައިވަނީ ...

ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ކޮވިޑް ޖެހިގެން ހުޅުމާލެ މެޑިކަލް ...

ރަށު ކަރަންޓީނުން މީހަކު ޕޮޒިޓިވްވިޔަސް މުޅިރަށް މޮނީޓަރިންނަށް ނުލާނެ

ހޯމް ކަރަންޓިން ނުވަތަ ރަށުގައި ކަރަންޓީން ކުރާ މީހަކު ކޮވިޑަށް ޕޮޒިޓިވިޔަސް މުޅި ރަށް މޮނީޓަރިން ހާލަތައް ނުގެންނާނެ ...