ފަލަސްތީނަށް އެހީވުން- އައްޑޫ ޒުވާނަކު ކުޑަ ކަންނެލި އެއް 12،000 ރުފިޔާއަށް ގަނެފި  

އައްޑޫ ސިޓީ ފޭދޫގައި، ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން  ކުރިއަށް ގެންދިޔަ މަސްބޭނުމުގެ ހަރަކާތުގައި ބޭނި  ކުޑަ ކަންނެލިއެއް އައްޑޫ ޒުވާނަކު  12،000 ރުފިޔާއަށް ގަނެފިއެވެ.

އައްޑޫ ސިޓީ ފޭދޫގައި، ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް  އިއްޔެ ކުރިއަށް ގެންދިޔަ މަސް ވިއްކުމުގެ މި ހަރަކާތަކީ ފޭދޫ “ރެޑް ސެނެޕާ ފިޝިން ލޯންޗް” އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި ހަރަކާތުގައި 50 އަށް ވުރެ ގިނަ ކަންނެލި ބާނާފައިވާއިރު އެއް ކިލޯގެ ކުޑަ ކަންލިއެއް އެ ޓީމްގެ މެންބަރަކު ވަނީ 12،000 ރުފިޔާއަށް ގަނެފައެވެ.

“ރެޑް ސެނެޕާ ފިޝިން ލޯންޗް” އިން ފަލަސްތީނަށް އެހީވުމަށްޓަކައި ފައިސާ ހޯދުމަށް ކުރިއަށް ގެނދިޔަ މަސްބޭނުމުގެ ހަރަކާތުގައި ބޭނި ހުރިހާ މަހެއް ވިކި ހުސްވެފައިވާއިރު މި އިވެންޓް އިންތިޒާމުކުރި ފަރާތުން ބުނީ ހުރިހާ މަހެއް ވިއްކައިގެން ފަލަސްތީނަށް އެހީތެރިވުމުގެ ގޮތުން 30،000 ރުފިޔާ ހޯދާފައިވާ ކަމަށެވެ.

ފަލަސްތީނަށް އެހީވުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ގިނަ ހަރަކާތްތަކެއް ބާއްވަމުން އަންނައިރު، އައްޑޫ ސިޓީގެ ހުރިހާ އަވަށެއްގައިވެސް އަންނަނީ ފަލަސްތީނަށް އެހީވުމަށް ގިނަ ހަރަކާތްތަކެއް ބާއްވަމުންނެވެ. މި ގޮތުން ސަރުކާރު މުއައްސަސާތަކާ ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ވަކި ފަރުދުން އިސްނަގައިގެން ވެސް ފަންޑްރައިޒް ހަރަކާތްތައް އަންނަނީ ބާއްވަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހޯނޑެއްދޫއިން 19 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

ގދ.ހޯނޑެއްދުއިން ކޮވިޑް19އަށް 19 މީހަކު ޕޮޒިޓިވް ވެއްޖެވެ. ހޯޑެއްދޫއިން ފުރަތަމަ ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ ހޯމްކަރަންޓީންއިން ދޫކޮށްލުމުގެ ...

އިޒްރޭލުގެ އަނިޔާވެރިކަން ހުއްޓުވަން އދ.ގެ ހާއްސަ ކުއްލި ބައްދަލުވުމަކަށް ރާއްޖޭން އެދިއްޖެ

ފަލަސްތީންގެ ކުށެއް ނެތް އާންމުންނަށް އަމާޒުކޮށް އިޒްރޭލުން ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތައް ހުއްޓުވުމަށް އދ.ގެ ހާއްސަ ކުއްލި ...

ރާއްޖެއަށް އެއް ބިލިއަން ޑޮލަރުގެ ލޯނެއް އިންޑިއާ އިން ދެނީ

ދިވެހިރާއްޖެ، ޗައިނާއަށް ދަރާފައިވާ ދަރަނި އަދާކުރުމަށް އިންޑިއާއިން ރާއްޖެއަށް އެއް ބިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ނިންމައިފިއެވެ. މިކަން ...