މަޖިލިހުގެ މީދޫ ދާއިރާގެ ގޮޑިއަށް އަލީ ނޫރައްދީން ވާދަކުރައްވަނީ !

ރަށްޔިތުންގެ މަޖިލިހުގެ މީދޫދާއިރާގެ ގޮޑިއަށް ވާދަކުރައްވަން ނިންމަވާފައިވާކަމަށް މީދޫ ޒުވާން ވިޔަފާރިވެރިޔާ އަލީ ނޫރައްދީން ބުނެފިއެވެ.

އަލީ ނޫރައްދީން ބުނީ މީދޫދާއިރާގެ ގޮޑިއަށް ވާދަކުރަން ނިންމެވީ ދާއިރާގެ ގިނަ ރަށްޔިތުންގެ އެދުމުގެ މަތިންކަމަށާ ވީހާވެސް ގިނަ ބޭފުޅުން ޕްރައިމަރީގައި އޭނާއަށް ވޯޓް ދެއްވާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.

އަލީ ނޫރައްދީންއަކީ ފާޅުގައި އެމްޑީޕީގެ ހަރަކާތްތަކުގައި ބައިވެރިނުވިޔަސް އެމްޑީޕީގެ ކަންތައްތަކުގައި އަމަލީގޮތުން ބައިވެރިވަމުން އަންނަ ޕާޓީގެ ލީޑަރ ޝިޕަށް ފުރިހަމަ އެއްބާރުލުމެއް ދެއްވަމުން އަންނަ ބޭފުޅެއްކަން ފާހަކަކޮށްލަންޖެހެއެވެ.

advertisement

އަންނައަހަރު ބާއްވާ މަޖިލިސް  އިންތިހާބުގައި އަލީ ނޫރައްދީން ވާދަކުރަން ނިންމަވާފައިވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކޮށްގެންނެވެ.

މައުލޫމާތު ލިބިފައިވާ އެ ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް މިހައިތަނަށް ދެތިން ފަރާތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ

އަލީ ނޫރައްދީން މީދޫދާއިރާގެ މަޖިލިސް މެމްބަރަކަށް ވާދަކުރެއްވުމަށް ނިންމިއިރު މީދޫ ދާއިރާގެ މަޖިލިސް މެމްބަރެއްގެ ގެޮތުގައި މިހާރު ހުންނެވި ރޮޒެއިނާ ކުރިއަށް އޮތްދައުރުގައި މީދޫ ދާއިރާއަށް ވާދަނުކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިންތިހާބުގައި ވާދަނުކުރަން އުމަރު ނިންމަވައިފި

އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބު ގައި ވާދަނުކުރައްވަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ...

މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 28  އޯގަސްޓް 2020 ވަނަ ދުވަހު )   މީދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ކުރެއްވުމަށް ...

މީދޫގެ ވޮލީގެ ތާރީޚުގައި މަރަދޫފޭދޫ ޓީމެއްގެ އަތުން މީދޫ ވޮލީޓީމެއް ފުރަތަމަ ފަހަރަށް ބަލިވެއްޖެ

މީދޫގެ ވޮލީގެ ތާރީޚުގައި މަރަދޫފޭދޫ ޓީމެއްގެ އަތުން މީދޫ ވޮލީޓީމެއް ފުރަތަމަ ފަހަރަށް ބަލިވެއްޖެވެ. މަރަދޫފޭދޫ ވޮލީޓީމްގެ ދައުވަތަކަށް ...