ނިޒާމީ ވޯޓު ނެގުމުގެ ޤަރާރު މަޖިލީހުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި

ނިޒާމީ ވޯޓު ނެގުމުގެ ޤަރާރު ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢިލް ޙަބީބް ވިދަޅުވީ، ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވަފައިވާ ގަރާރު، އިލެކްޝަންސް ކޮމިޝަނަށް މިއަދު ލިބިފައިވާކަމަށެވެ އަދި މިކަމާމެދު، އެ ކޮމިޝަނުން ޢަމަލު ކުރާނޭގޮތުގެ ޤާނޫނީ ލަފާ މިހާރު ހޯދަމުންދާކަމަށްވެސް ޙަބީބް ވިދާޅުވިއެވެ.

“ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވަފައިވާ ގަރާރު، އިލެކްޝަންސް ކޮމިޝަނަށް މިއަދު ލިބިއްޖެ. މިކަމާމެދު، އިލެކްޝަންސް ކޮމިޝަނުން ޢަމަލު ކުރާނޭގޮތުގެ ޤާނޫނީ ލަފާ މިހާރު ކޮމިޝަނުން ދަނީ ހޯދަމުން.”

ޙަބީބް ވިދާޅުވިއެވެ.

މިހާރު ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލާމާނީ ނިޒާމެއްތޯ ބެލުމަށް، ރައްޔިތުންގެ ޚިޔާލު ހޯދުމަށް ޢާންމު ވޯޓެއް މިއަންނަ މަހުގެ 30 ގެ ކުރިން ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ޤަރާރު ހުށަހެޅުއްވީ ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.

މި ޤަރާރު މުޅި މަޖިލީހުގެ ކޮމެޓީން އިއްޔެގެ ޖަލްސާގައި ވަނީ ފާސްކުރައްވާފައެވެ. މި ޤަރާރު ބަލައިގަނެ މުޅި މަޖިލީހުގެ ކޮމެޓީއަށް ދިރާސާ ކުރުމަށް ފާސް ކުރީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. މި ޤަރާރު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 37 މެންބަރުންގެ ތެރެއިން 35 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް


advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބީއެމްއެލްގެ އެހީއާއެކު މާއުނގޫދޫގައި ސޯލާ މަގުބައްތި ހަރުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހިންގާ “ބީއެމްއެލް ކޮމިއުނިޓީ ފަންޑު”ގެ ދަށުން ށ. މާއުނގޫދޫގެ ބައެއް މަގު ބައްތިތައް ...

މިރޭގެ ހަނދުކޭތައާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރާނެ

މި ރޭ ހިފާ ހަނދު ކޭތައަށްފަހު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރާގޮތައްވަނީ ހަަޖެހިފައެވެ. ...

ޖަމިއްޔާތަކާ ބެހޭ ކަންކަން ބެލެހެއްޓުން ޔޫތު މިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފި

ޖަމިއްޔާތަކާ ބެހޭ ކަންކަން ބެލެހެއްޓުން ޔޫތު މިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފި އެވެ. ޖަމިއްޔާތައް ރަޖިސްޓްރީ ކުރުމާއި އުވާލުމާއި ...