އަލީ ވަހީދު ޖޭޕީއިން ވަކިވެއްޖެ – ހުންނަވާނީ ރައްޔިތުންގެ ސަފުގައި – އަލީވަހީދު

ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ ޓުއަރިޒަމް މިނިސްޓަރ އަދި ޖޭޕީގެ ކުރީގެ ރައީސް އަލީ ވަހީދު 5 އަހަރަށްފަހު ޖުމުހޫރީ ޕާޓީން ވަކިވެވަޑައިގެންފިއެވެ.

އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އަރިހުގައި މަސައްކަތް ކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތަކީ އަގުހުރި ތަޖުރިބާއެއް ކަމަށާ އަދި ޖުމްހޫރީ ޕާޓީން ވަކިވިކަމުގައިވިޔަސް ޤައުމާއި ރައްޔިތުންގެ ސަފުގައި ދެމިހުންނަވާނެ ކަމަށް އަލީ ވިދާޅުވިއެވެ.

ޖުމުހޫރީ ޕާޓީގައި ހުންނެވިއިރު އަލީ ވަނީ އެޕާޓީގެ ރައީސްގެ މަޤާމު އަދާ ކުރައްވާފައެވެ. އޭގެ ފަހުން ޕާޓީ ލީޑަރު ޤާސިމް އިބްރާހިމްގެ ހާއްސަ އެޑްވައިޒަރުގެ މަޤާމު ވެސް އަދާކުރެއްވިއެވެ. އެންމެ ފަހުން އޭނާ ހުންނެވީ ރިޔާސީ އިންތިހާބުގައި އެޕާޓީގެ ކެންޑިޑޭޓް އަދި ލީޑަރު ޤާސިމް އިބްރާހިމްގެ އިންތިހާބީ އޭޖެންޓުގެ މަގާމުގައެވެ. އަދި ރިޔާސީ ކެންޕޭނުގައި އެންމެ އިސްސަފުގައި އަމަލީގޮތުން އުޅުއްވިއެވެ.

އަލީ ވަހީ ޖޭޕީ އާއި ގުޅިވައިޑައިގަތީ، 2018 ވަނަ އަހަރު މޭއި މަހުގެ ތެރޭގައެވެ. އަދި އޭރު ވެރިކަމަށް އައި ޖޭޕީ ހިމެނޭ އެމްޑީޕީ ކޯލިޝަން ސަރުކާރުގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މި ސަރުކާރުގެ ޓުއަރިޒަމް މިނިސްޓަރު ކަމުގެ މަޤާމު އަދާކުރެއްވުމަށްފަހު ދިމާވި މައްސަލައަކާއި ގުޅިގެން އަލީ ވަނީ ވަޒީރުކަމުން ވަކިކުރައްވާފައެވެ.

އޭގެފަހުން އޭނާ ދިރިއުޅުއްވަމުން ގެންދެވީ އިނގިރޭސިވިލާތުގައިއެވެ.

އަލީ ވަހީދު ޖޭޕީން ވަކިވިއިރު، ދެން އަލީ ވަހީދު ގުޅިވަޑައިގަންނަވާނީ ވެރިކަން ކުރާ އެމްޑީޕީ އާއި ކަމަށް ބައެއް މީޑިއާތަކުގައި ވަނީބުނެފައެވެ.

އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އާއި ވެސް އޭނާ ބައްދަލުކުރައްވާފައި ކަމަށް އަޑުތައް ފެތުރިފައިވެއެވެ. އެހެންނަމަވެސް އަލީ ވަހީދު އަދި އެމްޑީޕީ އިންވެސް މިކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.


advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިތުރު 3 މީހަކު ހުޅުދޫއާއި މީދުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އިއްޔެ ( 20 މެއި 2021 ވަނަދުވަހު) ހުޅުދޫ އާއި މީދުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވަނީ ...

ޒަމާނީ ޑިމޮކްރަސީއަކީ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ތަޅުދަނޑި: ރައީސް

އިޤްތިޞާދީ ފުދުންތެރިކަމާއެކު ލިބޭ ކުރިއެރުމުގައި، އުފާވެރިކަމާއެކު ރައްޔިތުން ދިރިއުޅޭ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ތަޅުދަނޑިއަކީ، ޒަމާނީ ޑިމޮކްރެސީ ...

ރިސޯޓުން ފިލައިގެން ފުވައްމުލަކަށް ދިޔަ ދެމީހުން ހައްޔަރުކޮށްފި

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިިއުލާނުކޮށް، ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން އެރުން މަނާކޮށްފައި ވަނިކޮށް، ރިސޯޓަކުން ...