މިއީ ވަރަށް މުހިންމު ވޯޓު ކަރުދާސްކޮޅެއް، ރަނގަޅު ނަތީޖާއަކަށް އުންމީދުކުރަން: ނަޝީދު

މިއަދު ކުރިއަށްދާ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސް ކޮޅަކީ ވަރަށް މުހިންމު ވޯޓު ކަރުދާސް ކޮޅެއް ކަމަށާއި އުންމީދު ކުރަނީ އިންތިޚާބުގައި ވަރަށް ރަނގަޅު ނަތީޖާއެއް ލިބިގެންދާނެ ކަމަށް ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ވޯޓު ލެއްވުމަށްފަހު ނިކުމެ ވަޑައިގެން ވަރަށް ކުރުކޮށް ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިވޯޓަކީ ކުރިއަށް އޮތް ފަސް އަހަރަށް ދިވެހި ރައްޔިތުން ވަރަށް އަމާނާތް ތެރިކަމާއިއެކު ވެރިޔަކު ހޮވުމަށް ލާ ވޯޓުކަމަށެވެ. މިވޯޓަކީ އަމާނާތެއްކަމަށް ދެކި ހުރިހާ ބޭފުޅުންވެސް ވޯޓު ދެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވިއެވެ.

ހަމަމިއާއިއެކު މިއީ ވަރަށް މުހިންމު ވޯޓު ކަރުދާސް ކޮޅެއް ކަމަށާއި، މިވޯޓު ކޮންމެ ބޭފުޅަކުވެސް ވަރަށް ވިސްނުންތެރި ކަމާއިއެކު ދެއްވުމަށް ނަޝީދު އެދިވަޑައިގެންނެވިއެވެ. ރައީސް ނަޝީދު ވިދާޅުވީ މިއިންތިޚާބުގައި ވަރަށް ރަނގަޅު ރަތީޖާއެއް ލިބިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށެވެ.

ރައީސް ނަޝީދަކީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ތާއީދު ކުރައްވާ އަދި އަދި މިސަރުކާރު ބަދަލު ކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުންދާ އެއްބޭފުޅާއެވެ. ރައީސް ނަޝީދު ވަނީ ކެމްޕޭންގައި މިސަރުކާރު ބަދަލުކުރާނެކަމަށް ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބުގައި މިހާތަނަށް ވޯޓްލާފައިވާ މީހުންގެ އަދަދަށް ބަލާއިރު، ހެނދުނު 10:00 ޖެހުމާއި ހަމައަށް 36163 މީހުން ވަނީ ވޯޓްލާފައި. އެއީ ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ 12.81 އިންސައްތަ. ވޯޓްލާފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 22403 ފިރިހެނުންނާއި 13760 އަންހެނުން.


advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރަށު ކަރަންޓީނުން މީހަކު ޕޮޒިޓިވްވިޔަސް މުޅިރަށް މޮނީޓަރިންނަށް ނުލާނެ

ހޯމް ކަރަންޓިން ނުވަތަ ރަށުގައި ކަރަންޓީން ކުރާ މީހަކު ކޮވިޑަށް ޕޮޒިޓިވިޔަސް މުޅި ރަށް މޮނީޓަރިން ހާލަތައް ނުގެންނާނެ ...

މުއިއްޒު އާއިމެދު ކަންތައް ކުރަނީ ޢަދުއްވަކާއިމެދުވެސް ކަންތައް ނުކުރާނެ ގޮތަކަށް: ޒައިދު

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުއާއިމެދު ކަންތައް ކުރަމުންދަނީ ޢަދުއްވަކާއިމެދުވެސް ކަންތައް ނުކުރައްވާނެހާ ...

ޔޫޓީއެފް އެއްބަސްވުމުގައި ޔާމިން ސަރުކާރުގެ ދައުރެއްވެސް އެބައޮތް: ރިޔާޒް

އުތުރުތިޅަފަޅުގެ އެއްބަސްވުމުގައި ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ ސަރުކާރުގެ ދައުރު ވެސް އެބައޮތް ކަމަށް ވިދާޅުވެ ކުރީގެ ...