ޓޫރިޒަމްގެ ބޭނުމަށް އައްޑޫ އަތޮޅުން ހިއްކާފައިވާ ރަށްތަކަށް ކިޔާނެ ނަންތައް އައްޑޫސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.

އައްޑޫ އަތޮޅުގައި ޓޫރިޒަމްގެ ބޭނުމަށް 3 ރަށެއް ހިއްކާފައިވާއިރު، އެ ރަށްތަކަށް ކިޔާނެ ނަންތައް ފާސްކޮށްފައިވަނީ އާއްމުންގެ ހިޔާލު ހޯދުމަށްފަހު ކަމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އައްޑޫއިން ހިއްކިރަށްތަކުގެ ދޮންދީދީހެރަ

ހިތަދޫ އުތުރު ފަޅުން ހިއްކި ރަށަށް ދީފައިވާ ނަމަކީ ދޮންދީނިހެރަ އެވެ. ހިތަދޫން ހިއްކި އަނެއް ރަށަށް ކިޔަމީ ބޮލިހެރަ އެވެ. މީދޫ ފަޅުތެރެއިން ހިއްކި ރަށަށް ކިޔަނީ ދޮންހެރަ އެވެ.

އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، ރަށްތަކަށް ކިޔާނެ ނަންތައް ހޯދުމަށް އާއްމުންގެ ހިޔާލަށް ހުޅުވާލުމުން 60 އަށްވުރެ ގިނަ ނަންތައް އެރަށްތަކަށް ހުށަހަޅާފައިވާކަމަށެވެ. އަދި މި ރަށްތަކަށް އަވަހަށް ނަންތައް ދީފައިވަނީ އެރަށްތައް ވީހާވެސް އަވަހަކަށް ޓޫރިޒަމަށް ހުޅުވާލުމުގެ ބޭނުމުގައި ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ


advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފައިސާ ނުލިބިގެން އައްޑޫ މަސްވެރިން އިހުތިޖާޖުކޮށްފި

މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ލިބުން ލަސްވާތީ އައްޑޫގެ މަސްވެރިންތަކެއް އިހުތިޖާޖުކޮށްފި އެވެ. މި އިހުތިޖާޖު އޮތީ ހުޅުމީދޫފައި ...

ގައުމު ސްޓްރީޓް ކަޕް – ލޮތަރި އާއި ރިވެރިންގެ ކުރިމަތިލުން- ފައިނަލްމެޗު މިރޭ

ގައުމު ސްޓްރީޓްގެ ނަމުގައި މީދޫގައި ބާއްވަމުން އައި  ސްޓްރީޓް ކަޕް ފުޓްބޯޅަ  މުބާރާތުގެ ފައިނަލް މެޗު މިރޭ ކުޅޭނެއެވެ. ...

މާފުށީ ޖަލުގައި ހުރި ގައިދީއަކު ނިޔާވެއްޖެ

މާފުށީ ޖަލުގައި ޙުކުމް ތަންފީޛްކުރަމުންދިޔަ ގައިދީއަކު ނިޔާވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވިގޮތުގައި ނިޔާވެފައި ވަނީ، އުމުރުން ...