ސިޓީއެއްގެ ގޮތުގައި ތިނަދޫ ކަނޑައެޅުއްވުމާއި ގުޅިގެން އައްޑޫސިޓީ ކައުންސިލުގެ މަރުހަބާ ތިނަދޫ ސިޓީއަށް

ގދ. ތިނަދޫ ސިޓީއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކަނޑައަޅުއްވުމާއި ގުޅިގެން އައްޑޫސިޓީ ކައުންސިލުން މަރުޚަބާ ދަންނަވައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، 30 އޮގަސްޓް 2023 ވާ ބުދަ ދުވަހުން ފެށިގެން ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ގދ. ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކަނޑައަޅުއްވުމާއި ގުޅިގެން އައްޑޫސިޓީ ކައުންސިލުން މަރުޙަބާ ދަންނަވާ ކަމަށެވެ. އަދި އައްޑޫ ސިޓީ ކައުންސިލުން ވަނީ ތިނަދޫ ސިޓީގެ ހުރިހާ ރައްޔިތުންނަށް މަރުޚަބާ ދަންނަވާފައެވެ.

ސިޓީއެއްގެ ދަރަޖަ ލިބުމަކީ ތިނަދޫގެ ތަރައްޤީއަށް އިތުރު ހަލުވިކަމެއްލިބި، ރައްޔިތުންނަށް އިތުރު ފުރިހަމަ ހިދުމަތްތަކެއް ލިބުމަށް އެޅިގެންދިޔަ މުހިއްމު ބިންގަލެއްކަމުގައި ދެކޭ ކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ތިނަދޫއަކީ ސިޓީއެއްކަމަށް ކަނޑައަޅުވައި އެކަން ރައީސް ސޯލިހު އިއުލާނުކުރެއްވީ ގދ. ތިނަދޫގައި ރޭ ބޭއްވުނު އެމްޑީޕީ ޖަލްސާއެއްގައެވެ.

މަސްދަރު: ގާފު.އެމްވީ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މި ދަނޑިވަޅަކީ ނިޒާމު ބަދަލު ކުރުމުގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް އެންމެ މުނާސަބު ވަގުތު-އިލްޔާސް ލަބީބު

މި ދަނޑިވަޅަކީ ނިޒާމު ބަދަލު ކުރުމުގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް އެންމެ މުނާސަބު ވަގުތު ކަމަށް ހުޅުދޫ ...

ޤައުމީ ދުވަސް

ރާއްޖޭގައި ޤައުމީ ދުވަހުގެ ގޮތުގައި ފުރަތަމަ ދުވަހެއް ފާހަގަކުރީ ހިޖުރައިން 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ...

ނޮޅިވަރަމް އިން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ހދ. ނޮޅިވަރަމް އިން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. ނޮޅިވަރަމް އިން އެންމެ ފުރަތަމަ ...