ވަރލްޑްކަޕް ޓްރޮފީއާއެކު ރައީސް ޔާމީން ތާރީޚުގެ ތެރެއަށް!

ފީފާ ވަރލްޑްކަޕް ޓްރޮފީ އުފުލާލި ފުރަތަމަ ދިވެއްސެއްގެ ގޮތުގައި ރައީސް ޔާމީން ތާރީޚުގެ ތެރެއަށް ވަދެވަޑައިގެންފިއެވެ.

އެމަނިކުފާނު ފީފާ ވަރލްޑްކަޕް ޓްރޮފީ އުފުއްލަވާލެއްވީ ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ދުނިޔޭގެ އެންމެ މަޤްބޫލް އެންމެ އަގުބޮޑު ޓްރޮފީ ބައެއް ޤައުމުތަކަށް ގެންދިއުމަށް ފަށާފައިވާ ޓުއަރގައި މިއަދު ރާއްޖެ ގެނައި މިޓްރޮޕީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް އެރުވީ 1998 ވަނަ އަހަރު އެމުބާރާތް ކާމިޔާބުކުރި ފްރާންސްގެ ޤައުމީޓީމުގެ ކުޅުންތެރިޔާ ކްރިސްޓިއަން ކަރެމްބޫއެވެ. ރައީސް ޔާމީން ވަރލްޑްކަޕް ޓްރޮފީ އުފުއްލަވާލައްވާފައިވަނީ ގިނަ ޢަދަދެއްގެ ދިވެހިރައްޔިތުންގެ ކުރިމަތީގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއީ ވަރަށް އުފާވެރި ވަގުތެއް ކަމަށާއި، މިއީ މަދުން ނޫނީ ނުލިބޭނެ ފުރުޞަތެއްކަމަށެވެ. އަދި މިފަދަ ދެވަނަ ފުރުޞަތެއް ނުލިބިދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާން ވިދާޅުވީ އެންމެ މަޤްބޫލް، އެންމެ އައިކޮނިކް، އެންމެ ފަޚްރުވެރި ޓްރޮފީ މިވަގުތު ހުރީ ދުނިޔޭގެ އެންމެ މަޤްބޫލް ހަނީމޫން ޑެސްޓިނޭޝަންގައިކަމަށެވެ. މިއީ ވަރަށް ބޮޑު އުފަލެއް ކަމަށާއި، މިފުރުޞަތު ލިބުނީތީ އުފާކުރައްވާކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި އެފްއޭއެމްގެ ރައީސް ބައްސާމް ޢަދީލް ޖަލީލް ވިދާޅުވީ މިއީ ވަރަށް ތާރީޚީ، އުފާވެރި ވަގުތެއްކަމަށާއި، މި ފުރުސަތު ދިވެހިންނަށް ތަނަވަސްކޮށްދެއްވުމަށް ޚިޔާލުދެއްވައި ބާރުއެޅުއްވީތީ ރައީސުލްޖުމްހޫރިޔާއަށް ޝުކުރުއަދާކުރައްވާކަމަށެވެ.

ވަރލްޑްކަޕް ޓްރޮފީ ރާއްޖެ ގެނައީ މިދަތުރަށް ޚާއްޞަކޮށްފައިވާ މަތިންދާ ބޯޓްގައި މިރޭ އިރުއޮއްސި 6:02 ގައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަޕޯރޓްގެ ވީއައިޕީ ލައުންޖައި މިޓްރޮފީ އެންމެ ފުރަތަމަ ދައްކާލެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްއެވެ. ފޮޓޯއާއެކު ފޮޓޯ ނެގުމުގެ ފުރުޞަތު އޮންނާނީ މާދަމާ ހެނދުނު 8 ން ހަވީރު 5 އަށް މާފަންނު ސްޓޭޑިއަމްގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔޫއެންގެ ސްޕެޝަލް ރެޕަޓުއަ އިން ދަ ފީލްޑް އޮފް ކަލްޗަރަލް ރައިޓްސް ކަރީމާ ބެނޫން މީދޫއަށް ޒިޔާރަތްކޮށްފި

ޔުނައިޓެ ނޭޝަންސް ސްޕެޝަލް ރެޕަޓުއަ އިން ދަ ފީލްޑް އޮފް ކަލްޗަރަލް ރައިޓްސް ކަރީމާ ބެނޫން މީދޫއަށް ޒިޔާރަތްކޮށްފިއެވެ. ...

ޕްލާސްޓިކް މަދު ކުރެވޭނީ އުގޫބާތެއްގެ ގޮތުން ޕްލާސްޓިކް ކޮތަޅުން ނަގާ ޓެކްސް ބޮޑު ކޮށްގެން: ނަޝީދު

ޕްލާސްޓިކް ކޮތަޅުގެ އަގު ހެޔޮކުރުމަށް ތާއީދު ނުކުރައްވާކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ޕްލާސްޓިކް ކޮތަޅަކުން ...

މޯބައިލް ގޭމް ކުޅޭ މީހުންނަށް އުރީދޫގެ ހާއްސަ ޕެކޭޖުތަކެއް

މޯބައިލް ގޭމް ކުޅޭ މީހުންނަށް ހާއްސަ ޕެކޭޖުތަކެއް އުރީދޫ މޯލްޑިވްސް އިން ތައާރަފުކޮށްފިއެވެ. މި ޕެކޭޖުތަކާއެކު ކޯލް އޮފް ...