ހަނިމާދޫގެ އައު ރަންވޭ އަންނަ ސެޕްޓެމްބަރު މަހު ބޭނުންކުރަން ފަށާނެ

ހަނިމާދޫ އައު ރަންވޭ އަންނަ ސެޕްޓެމްބަރު މަހު ބޭނުންކުރަން ފަށާނެއެވެ

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނީ ހަނިމާދޫ އެއަރޕޯޓުގެ އައު ރަންވޭގެ އެއް ފަޅީގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާ އަންނަ މަހު އެތަން ބޭނުންކުރަން ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. ނަމަވެސް ރަންވޭގެ މަސައްކަތް އެއްކޮށް ނިމޭނީ ނޮވެމްބަރު މަހުގައިކަމަށާ ފެށޭ އަހަރުގެ ޖެނުއަރީ މަހު އެތަން އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތްކުރަމުން އަންނަކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު މަޝްރޫޢުގެ މަސައްކަތް އެކި މަރުޙަލާތަކުގައި ދަނީ ކުރަމުންނެވެ. މީގެ ތެރެއިން ހަނިމާދޫގައި 2،465 މީޓަރުގެ ރަންވޭއެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާއިރު އައު ރަންވޭގެ މަސައްކަތް ކުރިއަށްދަނީ 3 ފިޔަވައްސަކަށް ބަހާލައިގެންމަށް ރީޖަނަލް އެއަރޕޯޓްސްއިން އިން ބުނެއެވެ. ސަބަބަކީ އައު ރަންވޭ ޑިޒައިންކޮށްފައިވާ ގޮތުން މިހާރު ބޭނުންކުރަމުންދާ ރަންވޭ އޮޕަރޭޝަން ހުއްޓާލަންޖެހޭތީ އެގޮތަށް އެކަން ނުކޮށް މަސައްކަތް ކުރިއަށްގެންދިޔުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމަށް ނިންމާފައިވާގޮތުގެ ކުރެހުމެއް — ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ނޫސްވެރިންނަށް މަޢުލޫމާތުދެމުން ޕްރޮޖެކްޓް ޑިރެކްޓަރ އިންދަރް ސިންގ ވިދާޅުވީ މިމަހުގެ ނިޔަލަށް އައު ރަންވޭގެ ދެކުނު ފަޅިން ތަރައްޤީކުރާ 1400 މީޓަރުގެ ރަންވޭ ސަރަޙައްދު ހުޅުވޭވަރުވާނެކަމަށެވެ. އަދި މިމަޝްރޫޢާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ރީޖަނަލް އެއަރޕޯޓްސްގެ ސީއޯއޯ އަޙްމަދު އިބްރާހީމް ވިދާޅުވީ ރަންވޭގެ މަސައްކަތް ނިމެންވާއިރަށް ވަގުތީ ޓަރމިނަލް ސެޓަޕެއް ހަދާ އެއަރޕޯޓްގެ ޚިދުމަތް ފުޅާކުރަން ރާވާފައިވާކަމަށެވެ.

ރަންވޭގެ އިތުރުން އެއަރޕޯޓްގައި ތަރައްޤީކުރާ ޓަރމިނަލްއާއި، ސީޕްލޭން ޖައްސާ ސަރަޙައްދާއި، ފިއުލް ސްޓޯރޭޖާއި، ފަޔަރ ބިލްޑިންގއާއި އެހެނިހެން ސަރވިސް ޢިމާރާތްތަކުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.


advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިއަހަރުގެ އަރތް އަވާ ފާހާގަ ކުރުމުގެ ހަރަކާތް އައްޑޫސިޓީގައި ބާއްވަނީ

ކޮންމެ އަހަރަކުވެސް މުޅި ދުނިޔޭގައި އަރތް އަވާގެ ގޮތުގައި ފާހަގަކުރަމުންގެންދާ ހަރަކާތް މިއަހަރުވެސް ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވާއިރު، ...

ހިތަދޫ ފިޔަވާ އެހެން ރަށްތަކުގެ ކާފިއު އުވާލައިފި

އައްޑޫސިޓީގެ ހިތަދޫ ފިޔަވައި އައްޑޫގެ ގުޅިފައިވާ ރަށްރަށުން  ބުރާސްފަތި ދުވަހުން ފެށިގެން ކާފިއު އުވައިލައިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން ...