ހިތަދޫ ފިޔަވާ އެހެން ރަށްތަކުގެ ކާފިއު އުވާލައިފި

އައްޑޫސިޓީގެ ހިތަދޫ ފިޔަވައި އައްޑޫގެ ގުޅިފައިވާ ރަށްރަށުން  ބުރާސްފަތި ދުވަހުން ފެށިގެން ކާފިއު އުވައިލައިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ސޮއި ކޮށް އައްޑޫސިޓީ ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، ހިތަދޫ ފިޔަވާ ދެން ހުރި ރަށްތައް ކަމަށްވާ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ކާފިއު ބުރާސްފަތި ދުވަހުން  ފެށިގެން ނިމުމަކަށް ގެނެސްފައިވާކަމަށެވެ.

އައްޑޫގެ ގުޅިފައިވާ ރަށްރަށުން  ބުރާސްފަތި ދުވަހުން ފެށިގެން ކާފިއު  އުވާލި ނަމަވެސް ހިތަދޫގައި ކޮވިޑްގެ ހާލަތު ރަގަޅުނުވާތީ ހިތަދޫގައި އިއުލާންކޮށްފައިވާ ކާފިއުގެ މުއްދަތު ޖޫންމަހުގެ 17 ވަނަ ދުވަހުން ފެށިގެންވަނީ  ހަވީރު ހަތަރަކުން ހެނދުނު އަށަކަށް އިތުރުކޮށްފައެވެ. އަދި ފުލުހުން ދޫކުރާ ހާއްސަ ހުއްދަ ނެތި އާންމުން ގެއިން ބޭރަށް ނިކުތުން ވެސް ވަނީ މަނާކޮށްފައެވެ.

ހިތަދޫ ފިޔަވައި އައްޑޫސިޓީގެ ގުޅިފައިވާ ރަށްރަށުން ކާފިއު އުވާލިނަމަވެސް މޮނިޓަރިން އުވާލާފައިނުވާތީ އެޗްޕީއޭއިން އަޅާފައިވާ ރަށްކާތެރިކަމުގެ ފިޔަވަޅުގެ ދަށުން އައްޑޫސިޓީގެ ގުޅިފައިވާ ރަށްރަށުގެ މިސްކިތްތަކުގައި އަދިވެސް ޖަމާއަތުގައި ނަމާދު ނުކުރެވޭނެއެވެ. އަދި  ކަމާބެހޭ ފަރާތްތަކުން ނަގަންޖެހޭ ޚާއްސަ ހުއްދައެއް ނަގައިގެން ނޫންގޮތަކަށް ހިތަދުއަށް އަދިވެސް ދަތުރު ނުކުރެވޭނެއެވެ. އެހެންނަމަވެސް ފޭދޫ ، މަރަދޫފޭދޫ އަދި މަރަދޫ ގައި ހިންގާފައިވާ   ކާފިއު އުވާލާފައިވާތީ  އެރަށްރަށުގެ މީހުންނަށް އެއްރަށުން އަނެއްރަށަށް ދަތުރުކުރެވޭނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އާއްމު ސިއްހަތު ކުރިއެރުވުމުގެ ރޮގުން ޑރ. އަބްދުﷲ އަފީފަށް ހިތްވަރު ދިނުމުގެ އިނާމު ލިބިލައްވައިފި

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދެއްވި ހިތްވަރު ދިނުމުގެ ގައުމީ އިނާމް ލިބިލެއްވި 15 ބޭފުންގެ ތެރޭގައި ...

ނަރުދޫ އިން ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ށ. ނަރުދޫ އިން ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ކަމަށް އެ ރަށު ކައުންސިލުން ބުނެފައިވާކަމަށް ވަގުތު ...

ބަދަހިކަޕް: ޕޮލިހާއި ޓީމްއެމްކޭ ފައިނަލަށް

އައްޑޫސިޓީގައި ބާއްވާ   އެންމެ އަގުބޮޑު ނެޓްބޯޅަ މުބާރާތް، ” ބަދަހިކަޕް ” ގެ  ފައިނަލް ހުޅުމީދޫ ޕޮލިސް އަދި ...