ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ކެބިނެޓްގެ ހަތަރު ގޮނޑި، ބޮޑު ތިލަދުންމައްޗަށް ހާއްސަކުރަނީ

ދަ ޑިމޮކްރެޓުންގެ ވެރިިކަމެއްގައި ކެބިނެޓްގެ ހަތަރު ގޮނޑި ބޮޑު ތިލަދުންމައްޗަށް ހާއްސަކުރައްވާނެ ކަަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ހުޅުމީދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

އެޕާޓީން ތިލަދުންމައްޗަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުގައި އިލްޔާސް ވިދާޅުވީ ގާނޫނު އަސާސީގައި ވަކިގޮތަކަށް ސަރުކާރެއް އެކުލެވިގެން އަންނައިރު، ވަޒީރުންގެ މަޖިލިސް އެކުލަވާލަން ޖެހޭ ކަމަށާއި ނަމަވެސް ވަޒީރުންގެ މަޖިލިސް އެކުލަވާލަން ޖެހޭ ގޮތްތަކެއް ސާފުކޮށް ބުނެދީފައި ނުވާ ކަމަށެވެ.

އެހެންނަމަވެސް އެ ޕާޓީގެ ވެރިކަމެއްގައި ސަރުކާރު ހިންގުމުގެ ހިއްސާގައި ބޮޑު ތިލަދުންމަތި ބައިވެރިވެ، އެގޮތުގައި އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެގޮތުން ވަޒީރުންގެ މަޖިލީހުގައި ނުވަތަ ކެބިނެޓް މިނިސްޓަރުންގެ ގޮތުގައި 4 މީހުން ތިބުމަކީ ބޮޑު ތިލަދުންމަތީގެ ތަރައްގީއަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އިލްޔާސް ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ކުޅުދުއްފުށި ސިޓީގެ ބައިވެރިވުމަކީ އިންތިހާއަށް މުހިންމުކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި ވަޒީރުންގެ މަޖިލީހަށް އެ ސަރަހައްދުން ކަނޑައަޅާ ޕޯސްޓުގެ ތެރޭގައި އެ ސިޓީގެ ދެ ޕޯސްޓު ހުރުން މުހިންމު ކަަމަށް ވެސް ވިދާޅުވިއެވެ.

އިލްޔާސް އިތުރަށް ވިދާޅުވީ އެ ސަރަހައްދުގެ ތަރައްގީއަށް އެފަރާތްތަކުގެ ވިސްނުމާއި ބައިވެރިވުމާއެކު އަދި އަމަލީގޮތުން އެންމެ އިސް ސަފުގައި އެ މެމްބަރުންގެ ބައިވެރިވުން އޮންނާނެ ކަމަށެވެ.


advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދުސޫމާ – ނަމޫނާ ކަނބަލެއް

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއެކު ކުރިޔަށްގެންދާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ...

އައްޑޫގެ  ބިން ހިއްކުމަށް ވެންއޫދުން ގެނައި  ބޯޓު އައްޑުއަށް ބަނދަރުކޮށްފި

ވެން އޫދުން އައްޑޫސިޓީގެ ބިން ހިއްކުމަށް ގެނައި  ޖައްރާފު އައްޑޫގައި ބަނދަރުކޮށްފިއެވެ. ވެން އޫދުން އައްޑޫސިޓީ ބިންހިއްކުމަށް ގެނައި ...

ޓާޝަރީ 3 ހޮސްޕިޓަލެއްގެ އަމަލީ މަސައްކަތް މިއަހަރު ހިނގާނެ: ރައީސް

ޓާޝިއަރީ 3 ހޮސްޕިޓަލެއްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް މިއަހަރު ހިނގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ...