ޓާޝަރީ 3 ހޮސްޕިޓަލެއްގެ އަމަލީ މަސައްކަތް މިއަހަރު ހިނގާނެ: ރައީސް

advertisement

ޓާޝިއަރީ 3 ހޮސްޕިޓަލެއްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް މިއަހަރު ހިނގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ކުޅުދުއްފުއްޓާއި ލ. ގަމުގެ އިތުރުން ގދ. ތިނަދޫގައި 100 އެނދުގެ ހޮސްޕިޓާތަކުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް މިއަހަރު ހިނގާނެ ކަމަށެވެ.

އަދި މީގެއިތުރުން ،7 އަތޮޅު ހޮސްޕިޓަލެއްގާ 50 އެނދު އަދި 12 ރަށެއްގާ 30 އެނދުގެ އާ ހޮސްޕިޓަލުގެ މަސައްކަތްވެސް މިއަހަރު ފެށޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ބޭސް ފަރުވާއަށް މާލެ އައުން މަޖުބޫރުވުމުގެ ބަދުބަސް ޒަމާނަށް ރައްދު ކުރުމުގެ މާނައެއް ނެތް ކަމަށެވެ. ބޭސް ސިޓީއަށް ސަލާންޖެހުމަކީ މާޒީވެގެން ދިޔައީ އެކަމަށް ކުރަންޖެހުނު ކަންކަން އޭގެ ވަގުތުގައި ކުރުމުން ކަމަށެވެ.

ރާއްޖޭގެ ފަސް ސަރަހައްދުގައި ތަރައްގީކުރާ 5 ޓާޝިއަރީ ހޮސްޕިޓަލުގައި މިހާރު ސީޓީ އަދި މޯބައިލް އަލްޓްރާ ސައުންޑް ސްކޭނާ އެކު ލެބޯޓްރީ ނިޒާމް ފުރިހަމަ ކުރެވިއްޖެކަމަށާއި އުތުރާއި ދެކުނުގައި އެމްއާރްއައި ހިދުމަތާ ހިތުގެ ބަލިތައް ދެނެގަނެ ފަރުވާދެވޭނެ ނިޒާމް ގާއިމު ކުރެވިއްޖެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަދި މީގެ 4 ހޮސްޕިޓަލެއްގައި ފުރިހަމަ ޑެންޓަލް ހިދުމަތް ލިބެމުންދާއިރު ގދ ތިނަދޫ ޑޮކްޓަރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އެ ހިދުމަތް މިކުއާޓާގައި ފުރިހަމަވާނެ ކަމަށެވެ. މި ހޮސްޕިޓަލަކުންވެސް ސްޕެޝަލިޓީ ހިދުމަތް މިހާރު ދަނީ ލިބެމުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ލާމަރުކަޒީ އުސޫލުން ޕްރައިމަރީ ހެލްތް ކެއާގެ ނިޒާމު އަލުން އަނބުރާ ގާއިމުކުރުމުގެ ތައްޔާރީތައް ސަރުކާރުން ހިންގަމުން ދާކަމަށާއި މީހުން ދިރިއުޅޭ 58 ރަށެއްގާ ޕަބްލިކް ހެލްތްކެއާ ޕޯޓަލް މިހާރު ތައާރަފުކޮށްފިކަމަށް ރައީސް ވިދާޅުވި އެވެ.

ޕްރައިމަރީ ހެލްތް ކެއާގެ ހިދުމަތް ކަށަވަރުކުރުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު މިއަހަރު މަޖިލީހަށް ފޮނުވޭނެކަމަށާއި އަތޮޅު ތެރެއަށް ނަފްސާނީ ސިއްހަތުގެ ހިދުމަތް ފޯރުކޮށްދިނުން މުހިންމުކަމަށް އެ މަިނކުފާނު ފާހަގަ ކުރައްވާ ވިދާލުވީ އެކަން ދެނެގަނެވުނީ މިހިދުމަތަށް އެދި ވެއިޓް ލިސްޓް ކުރެވިފައިވާ މީހުންގެ އަދަދުގެ މަތިކަމުން ކަމަށެވެ.

ރާއްޖޭގެ 5 އަތޮޅަކުން ސައިކޭޓްރިސްޓުންގެ ހިދުމަތް ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. ސެންޓަރ ފޯރ މެންޓަލް ހެލްތުން މިހާތަނަށް 41،890 ކޮންސަލްޓޭޝަން ހެދިއްޖެ ކަމަށާއި އައިޖީއެމްއެޗުން ގާއިމް ކުރެވެމުންދާ މި ސެންޓަރުގެ އިންޕޭޝަންޓް ކެއާ ޔުނިޓް އަންނަ އޭޕްރިލް މަހު ނިމޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެމްބިއުލާންސްގެ ހިދުމަތް ފުރިހަމައަށް ނުދެވޭ 96 ރަށަކަށް ޒަމާނީ އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ފެށާ އޭގެތެރެއިން 41 އެމްބިއުލާންސް ރާއްޖެ ގެނެސް ރަށްތަކަށް ފޮނުވާފައިވާނެ ކަމަށާއި އަންނަ މާޗް ނިމޭ ހިސާބުގާ ބާކީހުރި ހުރިހާ އެމްބިއުލާންސްތައް އެމްބިއުލެންސްތައް ނުލިބިހުރި ރަށްތަކަށް ފޯރުކޮށްދެވޭނެކަމަށް ރައީސް ވިދާޅުވި އެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނިޕާ ވައިރަސް ފަތުރާ ވާ ރައްޖޭގައި އުޅޭތީ އެކަމަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފި

އިންޑިއާގެ ކެރެލާގައި ހަލުވިކަމާއެކު ފެތުރެމުންދާ ނިޕާ ވައިރަސް ފަތުރާ ބާވަތުގެ ވާ ރައްޖޭގައި އުޅޭތީ، އެ ބަލި ރާއްޖެއަށް ...

މީދޫ – މަރަދޫފޭދޫ – އެކުވެރިކަމުގެ ވޮލީމެޗް މީދޫ ކާމިޔާބުކޮށްފި

މަރަދޫފޭދޫ ވޮލީޓީމަކާއި، މީދޫ ޒުވާނުންގެ ވޮލީޓީމަކާއި، ދެމެދު ކުޅުނު އެކުވެރިކަމުގެ ވޮލީމެޗް މީދޫޓީމް ކާމިޔާބު ކޮށްފިއެވެ. މިއަދު ހަވީރު ...

ކޯވިޑް-19 : އިތުރު 6 މީހަކު އަނެއްކާވެސް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 6 މީހަކު އަނެއްކާވެސް ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި، ބަންގްލަދޭޝް މީހަކާއި، ...