ޑިމޮކްރެޓްސްގެ ވެރިކަމެއްގައި މަހުގެ އަގު 25 ރުފިޔާއަށް ބޮޑުކޮށްދޭނަން: އިލްޔާސް

ރާއްޖޭގެ މަސްވެރިން ބާނާ މަހަށް ރަނގަޅު އާމްދަނީއެއް ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

އިލްޔާސް މިހެން ވިދާޅުވީ ހުވަދޫ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގދ.ގައްދޫގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވީ ގައްދޫއަކީވެސް މަސްވެރިން ގިނަ ރަށެއްކަމުން، އެ ރަށުގެ މަސްވެރިންނަށްވެސް ލިބޭ އާމްދަނީ އިތުރުކުރުމަށް ޑިމޮކްރެޓްސްގެ ވެރިކަމެއްގައި މަސައްކަތްކޮށްދެއްވާނެކަމަށެވެ. އެގޮތުން މަސް ކިލޯއަކަށް ލިބޭ އާމްދަނީ އިތުރުކުރުމާއި މަސް ޕްރޮސެސް ކޮށްގެން އިތުރު އާމްދަނީއެއް ލިބޭނެ މަގުފަހިކޮށްދެއްވާނެކަމަށް އިލްޔާސް ވިދާޅުވިއެވެ.

“އަޅުގަނޑުމެން ސަރުކާރަށް މިއަންނަނީ މަހުގެ އެންމެ ދަށް އަގެއްގެ ގޮތުގައި 25 ރުފިޔާއަށް ކަނޑައެޅުމަށް”

އިލްޔާސް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތުގެ އިތުރުން، އެ ރަށުގައި ލޯކަލް ޓޫރިޒަމް ކުރިއަރުވައި، ސާފް ޓުއަރިޒަމްވެސް ތަރައްޤީކުރުމަށް މަސައްކަތްކޮށްދެއްވާނެކަމަށް އިލްޔާސް ވިދާޅުވިއެވެ. މީގެއިތުރުން ގައްދޫއާ ކައިރީގައި އޮންނަ ގދ. ގަމަކީ ގައްދޫގެ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ރަށަކަށް ހައްދަވައިދެއްވާނެކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސްގެ ވާހަކަފުޅުގައި ގައްދޫގެ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމުގެ ޒަމާނީ ހޮސްޕިޓަލެއް ތަރައްޤީކޮށްދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބް އިއްޔެ ގދ.އަތޮޅުގައި ހަރަކާތްތެރިވެވަޑައިގެންނެވުމަށްފަހު، މިއަދު އުޅުއްވަނީ ގއ. އަތޮޅުގެ ރަށްތަކުގައެވެ. އިލްޔާސް އަރިހުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވެވަޑައިގަންނަަވައެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން އިތުރު ފަސް ރަށަކަށް މާލީ އެހީތެރިކަން ދީފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑުން އިތުރު ފަސް ރަށަކަށް ޕްރޮޖެކްޓް ހިންގުމަށް ބޭނުންވާ ފައިސާ ...

ވޭމަންޑޫ ގޮނޑުދޮށަށް ލައްގާފައިވާ ބޯޓު ނަގަން މުހުލަތެއް ދީފި

ކޮޅުމަޑުލު ވޭމަންޑޫ ގޮނޑުދޮށަށް ލައްގާފައިވާ ފައިބަރު ބޯޓެއްގެ ވެރި ފަރާތުން އެ ބޯޓު ނަގަން އެ ރަށު ކައުންސިލުން ...

އޮލިމްޕިކްސްގެ ހަތް މެޑަލްއާއެކު އެމާއަށް ދުނިޔޭގެ ރެކޯޑެއް

އޮލިމްޕިކްސްގެ ފެތުމުގެ އިވެންޓްތަކުން ހޯދި ހަތް މެޑަލްއާއެކު އޮސްޓްރޭލިއާގެ އަންހެން ފެތުންތެރިޔާ އެމާ މެކްކިއޯން ދުނިޔޭގެ ރެކޯޑެއް ހަދައިފި ...