އައްޑޫ ސިޓީއަށް ބައިނަލްއަގުވާމީ ބަނދަރުތަކުން މުދާ އެތެރެކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ، އެމްއެސްއެސް އިން ކޮންޓެއިނަރ އުފުލާ ބޯޓެއް ގަތުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެމްއެސްއެސް އޯޕަލްގެ ނަމުން ނަންދީފައިވާ މިބޯޓަކީ 20 ރީފާ ކޮންޓެއިނަރު ހިމެނޭހެން ޖުމްލަ 105 ކޮންޓެއިނަރު އުފުލޭ، ބޯޓުގައި ކްރޭން ހަރުކުރެވިފައިވާ އުޅަނދެކެވެ. އޭގެ އިތުރުން ސިމެންތި އާއި ވެލި ފަދަ ސާމާނު އުފުލަން ދެ ފަލްކާ ވެސް މި ބޯޓުގައި ހުންނާނެއެވެ. މި ބޯޓުގެ ދިގުމިނުގައި 67.2 މީޓަރު ހުރެއެވެ.

މިބޯޓަކީ އައްޑޫ ސިޓީއަށް ބައިނަލްއަގުވާމީ ބަނދަރުތަކުން މުދާ އެތެރެކޮށް ބައިނަލްއަގުވާމީ ބަދަރުތަކާ ގުޅާދިނުމުގެ ގޮތުން ގަންނަ ބޯޓެއް ކަމަށް އެމްއެސްއެސްއިން ބުނެއެވެ.

މިބޯޓު ގަތުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މީރުމާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރ ކެޕްޓަން މުހައްމަދު ނާޒިމް އެމްއެސްއެސް އޯޕަލްއާ އެކު ޓްރާންސްޝިޕްމަންޓް ހިދުމަތް މިމަހުގެ ފަހުކޮޅު ނުވަތަ އަންނަ ސެޕްޓެމްބަރުގެ ކުރީކޮޅުގައި ފެށޭވަރު ވާނެ ކަމަށެވެ.

އެމްއެސްއެސް އިން ބޯޓްގަތުމުގެ އެއްބަސްވުމުގައި ސޮއިކުރުން

މިޚިދުމަތުގެ ފުރަތަމަ ފިޔަވަހީގައި މާލެ އާއި އައްޑުއާ ދެމެދު ދަތުރުކުރަން ރާވާފައިވާއިރު، ގދ. ތިނަދޫ ބަނދަރު ނިމުމުން، ދެވަނަ ފިޔަވަހީގައި ތިނަދޫ ބަނދަރަށް ވެސް މުދާ އުފުލަން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދެވަނަ ފިޔަވަހީގައި ކުޅުދުއްފުއްޓަށް ދަތުރުކުރުމަށް ވެސް ރާވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެސްއެސްއިން ބުނީ މިޚިދުމަތް ފަށަން ޖެހުނީ އައްޑޫ ސަރަހައްދަށް މުދާ ގެންދިއުމަށް ބޮޑު ޚަރަދެއް ހިނގައި، ތަކެތީގެ އަގު ބޮޑުވެފައި ވާތީ އެކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުންކަމަށެވެ.

މި ބޯޓު ރާއްޖެ ގެނެސް އިދާރީ މަސައްކަތްތައް ނިމުމުން ދުނިޔޭގެ ކޮންމެ ތަނަކުންވެސް އައްޑޫއާ ހަމައަށް، އެމްއެސްއެސް މެދުވެރިކޮށް މުދާ ގެނައުމަށް ބުކް ކުރުމަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. މި ބޯޓު ކޮންމެ ދިހަ ދުވަހަކުން އައްޑޫ ސިޓީއަށް ދަތުރުކުރާނެއެވެ. ބޯޓު ދަތުރުކުރާނީ މާލެ، ހިތަދޫ، ކޫއްޑޫ އަދި މާލެ ރޫޓުންނެވެ.

އެމްއެސްއެސް އޯޕަލް އަކީ އެމްއެސްއެސް ކުންފުނިން ގެންނަ ފަސްވަނަ ބޯޓެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

“ކޮބާހޭ ފަންޑު ކުރި މީހާ”

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާ އަށް ފަންޑު ކުރި މީހުން ...

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމް ތަންފީޒުކުރަމުންދިޔަ ޒުވާނަކު ނިޔާވެއްޖެ

މަސްތުވާތަކެތީގެ މައްސަލައެއްގައި މާފުށީ ޖަލުގައި 25 އަހަރުގެ ހުކުމެއް ތަންފީޒުކުރަމުންދިޔަ ޒުވާނަކު ރޭ ނިޔާވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާރވިސަސް ...

ހުޅުމީދޫ ނަން ބޭނުންކުރުން – ޝުކުރީގެ ހިތްހަމަ ނުޖެހުން

އައްޑޫމީދޫގައި ހިގާ ނުރަގަޅު ކަންކަމުގެ ވާހަކަ ” އޭއޯ ” ނިއުސްގައި ލިޔާއިރު ” ހުޅުމީދޫ ” ގެ ...