ބަނގުރާ ހޯދުމުގެ އޮޕަރޭޝަނަކީ ޤާނޫނުން ލިބިދޭ ބާރުގެ ދަށުން ހިންގާ އޮޕަރޭޝަނެއް – ކަސްޓަމްސް

ރޯޔަލް އައިލެންޑް ރިސޯޓުގެ ނަމުގައި ދޫކުރި ބަނގުރަލުގެ ތެރެއިން ފަން އައިލެންޑް ރިސޯޓަށް ޤަވާއިދާ ޚިލާފަށް ގެންގޮސްފައިވާކަމަށް ތުހުމަތުކުރެވޭ ތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނައުމަށްޓަކާ ހިންގާ އޮޕަރޭޝަނަކީ ޤާނޫނުން ލިބިދޭ ބާރުގެ ދަށުން ހިންގާ އޮޕަރޭޝަނެއްކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނެފިއެވެ.

ބޮންޑެޑް ވެއަރހައުސްއިން ރޯޔަލް އައިލެންޑް ރިސޯޓްގެ ނަމުގައި ދޫކުރި ބަނގުރާ، ޤަވާޢިދާ ޚިލާފާ 4 ރިސޯޓަކަށް ގެންގޮސްފައިވާކަމަށް ލިބުނު މަޢުލޫމާތާގުޅިގެން، 5 ރިސޯޓެއް ކަސްމަޓްސްއިން ދާދިފަހުން ވަނީ ބަލާ ފާސްކޮށްފައެވެ. މި ރިސޯޓްތަކަކީ، އެ ރިސޯޓްތައް ހިންގާ ކުންފުނިން މީރާއަށް ދައްކަންޖެހޭ ފައިސާ ޤަވާޢިދާ އެއްގޮތަށް ދައްކަމުން ނުދާތީ، މިރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން 22 މަރޗް 2017 އިން ފެށިގެން ކަސްޓަމްސްއިން ޚިދުމަތްދިނުން މެދުކަނޑާލައި، ބަނގުރާ ދޫކުރުން ވަގުތީގޮތުން ހުއްޓާލާފައިވާ ރިސޯޓްތަކެކެވެ.

މި އޮޕަރޭޝަނާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ހަޤީޤަތާއި ޚިލާފު ޚަބަރުތައް ފަތުރަމުންދާތީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ބޮންޑެޑް ވެއަރހައުސްއިން ރިސޯޓުތަކަށް ދޫކުރާ ބަނގުރާ، ޤާނޫނާއި ޤަވާއިދާ ޚިލާފަށް އެއްވެސް ފަރާތަކަށް ދިނުމަކީ ނުވަތަ ވިއްކުމަކީ މަނާކަމެއްކަމަށެވެ. އަދި ކަސްޓަމްސްގެ ޤާނޫނާއި ޤަވާއިދާ ޚިލާފު މައްސަލަތައް ބަލައި ތަޙުޤީޤުކުރުމުގެ ބާރު ކަސްޓަމްސްގެ ޤާނޫނުން ކަސްޓަމްސްއަށް ދީފައިވާކަމަށެވެ.

މީގެއިތުރުން، ކަސްޓަމްސްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި، ބޭނުންވެއްޖެނަމަ، ސިފައިންނާއި ފުލުހުންގެ އެހީތެރިކަމަށް އެދެވިދާނެކަމަށާއި، އެގޮތުން އެހީތެރިކަމަށް އެދިއްޖެނަމަ، އެފަރާތަކުން ކަސްޓަމްސްއަށް އެހީތެރިވެދޭންވާނެ ކަމަށްވެސް ކަސްޓަމްސްގެ ޤާނޫނުގައި ބަޔާކޮށްފައިވާކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދޭގޮތަށް އަދި ފުލުހުންގެ އަގު ވެއްޓޭގޮތަށް ދޮގު ޚަބަރު ނުފެތުރުމަށްވެސް ކަސްޓަމަސްއިން ނެރުނު ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫގެ  މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި

ހުޅުދޫގެ  މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ ހުޅުދޫ މަގުތަކުގައި ތާރުއެޅުމުގެ  މަސައްކަތް އިއްޔެ އަމަލީގޮތުން ...

ގައުމު ދެކޭ ތަރައްގީއާ ބީރައްޓެހި، ތަޖުރިބާއެއް ނެތް ކެންޑިޑޭޓަކަށް ކުރިއެރުމެއް ނުހިފެހެއްޓޭނެ – ސައީދު

ގައުމު ދެކޭ ތަރައްގީއާ ބީރައްޓެހި، ތަޖުރިބާއެއް ނެތް ކެންޑިޑޭޓަކަށް ކުރިއެރުމެއް ނުހިފެހެއްޓޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ...

ނަލަފެހި މޮނިއުމެންޓްގައި ހަރުކޮށްފައިވާ މިޔަރު ވަގަށް ނަގައިފި

މީދޫ ނަލަފެހި ޖަމްއިއްޔާއިން އިސްނަގައިގެން ތައްޔާރު ކޮށްފައިވާ ވޭރާޑު ފިނިމައިޒާނުގެ މޮނިއުމެންޓްގެ ލޯގޯއެއްގެ ގޮތުގައި ހަރުކޮށްފައިވާ މިޔަރު ވަގަށް ...