އަމާޒަކީ ރިޔާސީ އިންތިހާބުގައި ވޯޓްލާއިރު އެއްލައްކަ ވޯޓުން ފެށުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރިޔާސީ ކެމްޕޭނަށް މާލެ އަތޮޅު ގުރައިދޫ ދާއިރާއަށް ކުރައްވާ ދަތުރުފުޅުގައި، ގުރައިދޫއަށް ވަޑައިގެން ރައީީސް ވިދާޅުވީ، އިންތިޚާބާ ކުރިމަތިލަނީ އެންމެ ގިނަ މެމްބަރުން ތިބި ކޯލިޝަނާއެކު ކަމަށެވެ.
“މިހާތަނަށް މި ވަރުގެ މެމްބަރުން ގިނަ ކޯލިޝަނެއް ރާއްޖޭގެ ތާރީޚުގައި ހެދިފައެއް ނެތް. އަޅުގަނޑުމެންގެ އަމާޒަކީ އެ ދުވަހު ވޯޓު ލާއިރުގައި އެއްލައްކަ ވޯޓު ހޯދުން،”
ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގުރައިދޫއަކީ އަބަދުވެސް ތަރައްގީއަށް ލޯބިކުރާ ރައްޔިތުންތަކެއް އުޅޭ ރަށެއް ކަމަށާއި އަބަދުވެސް ގުރައިދޫ ރައްޔިތުން ކުރިއަށްދަނީ ތަރައްގީއާއެކުގައި ކަމަށެވެ. އެހެންކަމުން މި ސަރުކާރުން ރާއްޖޭގެ ތަރައްގީއަށްޓަކައި މި ކުރަމުންގެންދާ ކަންތައްތައް ގުރައިދޫން ބަލައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގުރައިދޫއިން އެމަނިކުފާނަށް މެޖޯރިޓީ ނުލިބުނު ނަމަވެސް މި ވޭތުވެދިޔަ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަންގައި އެ ކުލަ، އެ މަންޒަރު ވަނީ ބަދަލުވެފައި ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓްސް (0)