ހުޅުދޫ ފުޓްސަލް ދަނޑުގައި ރޭ ކުޅެވުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޕެނަލްޓީން ޒެފިޔާގެ މައްޗަށް ކުރިހޯދައި މައިލޯސިޓީ ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖެ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

މިމެޗްގެފުރަތަމަ ހާފުގައި ދެޓީމްގެ ފަރާތުން ދާދިހަމަހަމަ ކުޅުމެއް ފެނިގެން ދިޔަނަމަވެސް ދެވަނަ ހާފްގައި  ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން މައިލޯގެ ކުޅުންތެރީން ކުޅުނުއިރު އެޓީމުން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އަދި ޒެފިޔާގެ ކުޅުންތެރީންވެސް މައިލޯސިޓީގެ ހަމަލާތައް ދިފާއުކޮށް ކައުންޓަރ އެޓޭކްގައި މައިލޯގެ ގޯލަށް ދޭތެރެ ދޭތެރެއިން ހަމަލާތައް ފޮނުވަމުން ގޮސްފައިވެއެވެ.

 އެހެން ނަމަވެސް މެޗްގެ ފުރިހަމަ ވަގުތު ހަމަ ވެގެންދިޔައިރުވެސް ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައިނުވާތީ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ.

  މިމެޗްގައި ފުރަތަމަ ޕެނަލްޓީ ޖެހީ ޒެފިޔާއިންނެވެ. ޒެފިޔާއިން ޕެނަލްޓީ ޖެހި ކުޅުންތެރިޔާ ފޮނުވާލި ބޯޅަ ގޯލާދިމާނުވެ ބޭރަށް ގޮސްފައިވާއިރު މައިލޯން ފުރަތަމަ ޖެހި ޕެނަލްޓީ އެޓީމުން ވަނީ ކާމިޔާބުކޮށްފައެވެ.

ޒެފިޔާގެ ދެވަނަ ޕެނަލްޓީ ޖެހިކުޅުންތެރިޔާ ފޮނުވާލި ބޯޅަވެސް ދިޔައީ ބޭރަށެވެ. އަދި މައިލޯސިޓީން ދެވަނަ ޕެނަލްޓީ ޖެހިކުޅުންތެރިޔާ ފޮނުވާލި ބޯޅަވެސް ދިޔައީ ބޭރަށެވެ.

ޒެފިޔާގެ ތިންވަނަ ޕެނަލްޓީ ޖެހި ކުޅުންތެރިޔާ ފޮނުވާލި ބޯޅަ ގޯލަށް ވައްދައިގެން ޕެނަލްޓީ ކާމިޔާބުކޮށްފައިވާއިރު މައިލޯއިން 3 ވަނަ ޕެނަލްޓީ ޖެހި ކުޅުންތެރިޔާވެސް ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.

ޕެނަލްޓީ ޖަހަން ހަމަޖެހިފައިއޮތީ ކޮންމެ ޓީމަކުން ތިން ޕެނަލްޓީކަމަށް ވުމުން ކޮންމެ ޓިމަކުން ތިން ޕެނަލްޓީ ޖަހާ ނިމުނުއިރު 2-1 އިންކުރި ހޯދާ މިމުބާރާތުގެ ފައިނަލުން މައިލޯސިޓީ ވަނީ ޖާގަ ހޯދާފައެވެ.

ރޭ ކުޅެވުނު ސެމީފައިނަލްގެ މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މައިލޯސިޓީގެ ފުރަތަމަ ޕެނަލްޓީ ކާމިޔާބުކޮށްދިން ކެޕްޓަން ހާޒިމް ފައުޒީއެވެ.

މައިލޯސިޓީ އަކީ ވަގުތުން މިމަހުގެ ތެރޭގައި ހިތަދޫގައި ބޭއްވި ފުޓްސަލް މުބާރާތުގެ ފައިނަލްގައިވާދަކޮށްފައިވާ ޓީމެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަރަދޫފޭދޫގައި އިންޑޯ ވޮލީ ކޮމްޕްލެކްސްއެއް އަޅަން ހަވާލުކޮށްފި

މަރަދޫފޭދޫގައި އިންޑޯ ވޮލީ ބޯޅަ ކޯޓެއް އެޅުމުގެ މަސައްކަތް ކުންފުންޏަކާއި ހަވާލުކޮށްފިއެވެ މިދިޔަ އަންގާރަ ދުވަހު މިމަސައްކަތް ހަވާލުކޮށްފައިވަނީ ...

މިނިވަންކަޕް 2022 ޔޫތު ޗެލެންޖް- ފުރަތަމަ މެޗް ތަފާތު ބޮޑު ނަތީޖާއަކުން ކްލަބު ލޮތާރިން ކާމިޔާބުކޮށްފި

ކްލަބް ލޮތާރިން ފާހި ސްޕޯޓްސް ކްލަބު ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށްފި އެވެ. ” މިނިވަންކަޕް 2022 ޔޫތު ...

އޭއެފްސީ ކަޕުގެ ބައެއް މެޗުތައް އައްޑޫގައި

އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ބައެއް މެޗުތައް އައްޑޫގައި ކުޅެން ނިންމައިފިއެވެ. އޭއެފްސީ ކަޕްގެ ބައެއް ...