އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލުގެ އަގުބޮޑުކޮށްފި

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑުކޮށްފިއެވެ.

އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން ޑީސަލް ލީޓަރަކުން 80 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 54 ލާރި ވަނީ ބޮޑުކޮށްފައެވެ. މި ބަދަލާއި އެކު ޑީސަލް ލީޓަރެއް ގަންނަން ލިބޭނީ 10 ރުފިޔާ 41 ލާރިއަށެވެ. ޕެޓްރޯލް ލީޓަރެއް ގަންނަން ލިބޭނީ 10 ރުފިޔާ 41 ލާރިއަށެވެ.

އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ބަދަލު އައިސްފައިމިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާއި ގުޅިގެންކަމަށް އެކުންފުނިން ބުނެއެވެ.

އެސްޓީއޯއިން ޕެޓްރޯލާއި ޑީސަލުގެ އަގު ބޮޑުކުރިއިރު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ މިއިން ދުވަހަކުވެސް ނުއުފުލޭވަރަށް އުފުލިފައެވެ. 2014 ވަނަ އަހަރަށްފަހު ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 70 ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ.

ތެލުގެ އަގު އުފުލެމުންދާ ސަބަބުތަކުގެ ތެރޭގައި އޯޕެކްގެ ޤައުމުތަކުން ތެޔޮ ނަގާ މިންވަރު ކޮންޓްރޯލްކުރުމާއި، ތެލަށް އޮތް ޑިމާންޑް ބޮޑުވުމުން ހިމެނެއެވެ. މީގެ އިތުރުން ރައްކާކޮށްފައި ހުރި ތެލުގެ ސްޓޮކްތައް ބާރު ސްޕީޑެއްގައި މަދުވަމުންދިއުމަކީވެސް ތެލުގެ އަގު ބޮޑުވުމަށް ދިމާވާ ސަބަބެކެވެ. މީގެ އިތުރުން ތެލުގެ މުއްސަނދިކަން ލިބިފައިވާ ސަރަޙައްދުތަކުގައި ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން ތެޔޮ ނަގާ މިންވަރަށްވެސް އަސަރުކުރާކަމަށް ތަޖުރިބާކާރުން ދެކެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް-19: މާލެ ހިމެނޭ ސަރަހައްދުގައި ފިހާރަތައް ހުޅުވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި

ކޮވިޑް-19 އާއި ގުޅިގެން މާލެ ހިމެނޭ ސަރަހައްދުގެ ފިހާރަތައް ހުޅުވުން މަނާ ގަޑިތަކެއް ކަނޑައަޅައިފިއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ ...

އަލަށް ވަޒީފާއަށް ގެންނަ ބިދޭސީން ގޭން އިންޓަރނޭޝަނަލް އެއަރޕޯޓުން އެތެރެވެވޭނެ އިންތިޒާމް ހަމަޖައްސައިފި

ވަޒީފާއަށް އަލަށް ރާއްޖެ ގެންނަ ބިދޭސީން ގޭން އިންޓަރނޭޝަނަލް އެއަރޕޯޓުން އެތެރެވެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. ރާއްޖެއަށް އަލަށް ވަޒީފާއަށް ...

އެގްރޯނެޓުން 163 ދަނޑުވެރިއެއްގެ އުފެއްދުން ދަނީ މާކެޓްކުރަމުން: ރައީސް

“އެގްރޯނެޓް” ކުންފުނިން 163 ދަނޑުވެރިއެއްގެ އުފެއްދުން މާކެޓްކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދާޅުވެއްޖެއެވެ. މިއަހަރަށް ރައްޔިތުންގެ މަޖިލިސް ...