އައްޑޫގެ ތަރައްގީއަށް މިހާތަނަނަށް އެންމެ އިސްކަމެއްދިން ވެރިއަކީ ރައީސް ސޯލިހު: ޝަރީފް

އައްޑޫގެ ތަރައްގީއަށް މިހާތަނަށް އެންމެ ބޮޑު އިސްކަމެއް ދިން ވެރިއަކީ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އައްޑޫގެ ތަރައްގީއަށް މިހާތަނަށް އެންމެ ބޮޑު އިސްކަމެއް ދެއްވި ވެރިއަކީ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ކަމަށެވެ. އެގޮތުން ރައީސް ސާލިހުގެ ސަރުކާރުގައި އައްޑޫގެ ބިން ހިއްކުމާއި ގަން އެއާޕޯޓް ތަރައްގީ ކުރުމަށް 200 މިލިއަން ޑޮލަރާއި ހަންކެޑެ ތަރައްގީ ކުރުމަށް 145 މިލިއަން ޑޮލަރުގެ ބޮޑެތި ޕްރޮޖެކްޓްތައް ފެށިގެން ކުރިއަށްދާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމަޝްރޫއުތައް ހުއްޓާލަން ނުވަތަ މަޑުޖައްސާލާ ބޭފުޅަކަަށް އައްޑޫ މީހުން ވޯޓް ނުދޭނެ ކަމަށެވެ.

މީގެ އިތުރުން އައްޑޫގެ ތަރައްގީއަށް ކުރަމުންދާ ބައެެއް މަސައްކަތްތައް ފާހަގަކުރަށްވައި ޝަރީފް ވިދާޅުވީ ހުޅުމީދޫގައި މަސް ޕްލާންޓްގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް މިހާރު ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި ގަމުގައި ޓޫރިސްޓް ހޮޓަލެއް އެޅުމުގެ ތައްޔާރީތައް މިހާރުވަމުންދާއިރު އެމަސައްކަތްތަަކަށް ބޭނުންވާ ފައިސާ ބަޖެޓްގައި ހިމަނާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ އައްޑޫގައި މިހާރު ހިނގަމުންދާ ޕްރޮޖެކްޓްތަކާއި ކުރިއަށް ހުރި ޕްރޮޖެކްޓްތަައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ވެރިއަކީ ރައީސް ސޯލިހް ކަމަށާއި އެކަން އައްޑޫގެ ރައްޔިތުން ގަބޫލުކުރާނެ ކަމަށެވެ.

މީގެ އިތުރުން އައްޑޫގެ ތަރައްގީއަށް ކުރަމުންދާ ބައެެއް މަސައްކަތްތައް ފާހަގަކުރަށްވައި ޝަރީފް ވިދާޅުވީ ހުޅުމީދޫގައި މަސް ޕްލާންޓްގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް މިހާރު ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި ގަމުގައި ޓޫރިސްޓް ހޮޓަލެއް އެޅުމުގެ ތައްޔާރީތައް މިހާރުވަމުންދާއިރު އެމަސައްކަތްތަަކަށް ބޭނުންވާ ފައިސާ ބަޖެޓްގައި ހިމަނާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

“އައްޑޫގެ ތަރައްގީއަަށް އެންމެ އިސްކަމެއް ދެއްވި ވެރިއަކީ ރައީސް ސޯލިހް، ސިޔާސީ ވާދަވެރިން ދަރަނި ބޮޑުވަނީއޭ ތިކަން ނުކުރާށޭ ގޮވަގޮވައި ތިއްބާ ކޮވިޑް-19 އެންމެ ދަތި ވަގުތުގައި ވެސް އެ މަޝްރޫއުތައް ކުރިއަށް ގެންދެވީ ހަމަ ލޯން ނަގައިގެން ރައްޔިތުން ހައްގުގައި.” 

ޝަރީފް ވިދާޅުވިއެވެ.

މަސްދަރު: ރަސްއެމްވީ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިގިރޭސިޕްރިމިއާލީގުގެ ޗެމްޕިއަންކަން ލިވަޕޫލަށް ލިބިއްޖެ

އިގިރޭސިޕްރިމިއާލީގުގެ ޗެމްޕިއަންކަން ލިވަޕޫލަށް ލިބިއްޖެވެ. ލިވަޕޫލްއަށް ޗެމްޕިއަން ލިބުނީ ޗެލްސީ އާއި ވާދަކޮށް މެންޗެސްޓަރ ސިޓީ ބަލިވުމުންނެވެ. ޗެލްސީއަތުން ...

ޑްރަގު ހުރި ދަބަސް އަތުން ނުފެނުނީތީ، ފިލްމީތަރި މަލީހާ މައްޗަށް ދައުވާ ސާބިތެއް ނުވި

މަސްތުވާތަކެތި ގެންގުޅުނު ކަމަށް ބުނެ ފިލްމީތަރި މަލީހާ ވަހީދު (މަލް) ގެ މައްޗަށް، ދައުލަތުން ކުރި ޑައިމޯފިން ޓްރެފިކް ...

ޝެއިހް ހަސީނާ ރާއްޖެ ވަޑައިގެން

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ރާއްޖެއަށް ވަޑައިގެންފިއެވެ. އެކަމަނާ ރާއްޖެއަށް ވަޑައިގަތުމުން އެކަމަނާ އަށް މަރުހަބާ ދެންނެވީ، ފޮރިން ...