ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ރައީސް އޮފީހުގެ މިނިސްޓަރުކަމުން ވަކިކުރައްވައިފިއެވެ.

ޝިފާޒު ވަކިކުރައްވާފައި މި ވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ރައީސް އޮފީހަށް އޭނާ ވަޑައިނުގަންނަވާ މައްސަލަ ވެސް ބޮޑުވެފައިވަނިކޮށެވެ.

މީގެ އިތުރުން އޭނާ ވަކިކުރައްވާފައި މި ވަނީ ރައީސް ނަޝީދު އިސްވެ ހުންނަވައި، ސަރުކާރާ ދެެކޮޅަށް ހިންގަވާ “ފިކުރެއްގެ ދިރުން” ހަރަކާތުގައި އިސްކޮށް އުޅުއްވާ ހުސެން އަމްރު ވެސް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަމުން ވަކިކުރައްވާފައިވަނިކޮށެވެ.

ރައީސް ސާލިހު އައްޔަން ކުރެއްވި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން މަގާމުތަކުން ވަކިކުރަން ފަށާފައި މި ވަނީ އެމްޑީޕީގެ ދެ ފެކްޝަންގެ ކޯލުން ބޮޑުވެ، އެމްޑީޕީގެ ތެރެއިން ސަރުކާރަށް ފާޑުކިޔަމުންދާ ދުވަސްތަކެއް ފާއިތުވެދިޔަ ފަހުންނެވެ.

ސިޔާސީ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިތުރުން، އެހެން މަގާމުތަކުގައި ތިއްބެވި ސިޠާސީ އެހެން ބޭފުޅުން ވެސް ވަކިކުރުމުގެ މަސައްކަތް ރައީސް އޮފީހުން ދަނީ ކުރަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިނިވަންކަޕް 2022 ޔޫތު ޗެލެންޖް- ފުރަތަމަ މެޗް ތަފާތު ބޮޑު ނަތީޖާއަކުން ކްލަބު ލޮތާރިން ކާމިޔާބުކޮށްފި

ކްލަބް ލޮތާރިން ފާހި ސްޕޯޓްސް ކްލަބު ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށްފި އެވެ. ” މިނިވަންކަޕް 2022 ޔޫތު ...

ގަމު ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކޮށް ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރާނަން: ރައީސް

ލ. ގަމު ރީޖަނަލް ހޮސްޕިޓަލު ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކޮށް ލ. ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކޮށް ތަރައްގީގެ ...

މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 18 ސެޕްޓެމްބަރ 2020 ވަނަ ދުވަހު )   މީދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ކުރެއްވުމަށް ހަމަޖެހިފައިވާ ...