އައްޑޫގެ ތަރައްޤީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިޔަށްދާނެ: ރައީސް

އައްޑޫ ސިޓީގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިޔަށްގެންދެވޭނެ އިންތިޒާމުތައް ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ.

ރައީސް ޞާލިޙް މި ޔަޤީންކަން ދެއްވީ އައްޑޫ ސިޓީ ކައުންސިލުގެ މެންބަރުންނާއެކު އިއްޔެ މެންދުރުފަހު ވަރޗުއަލްކޮށް ބޭއްވި ބައްދަލުރެއްވުމުގައެވެ.

މި ބައްދަލުވުމުގައި ރައީސް ޞާލިޙް ވަނީ އައްޑޫސިޓީގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫއުތަކާ ގުޅޭގޮތުންނާއި، ސިޓީ ކައުންސިލުގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން އައްޑޫސިޓީ ކައުންސިލުގެ މެންބަރުންނާއި މަޝްވަރާކުރައްވާފައެވެ. .

މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙް ވަނީ އައްޑޫ ސިޓީއަކީ އާބާދީ ބޮޑު ސަރަހައްދަކަށްވާތީ ސަރުކާރުން އައްޑޫސިޓީއަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ތަރައްޤީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިޔަށްގެންދެވޭނެ އިންތިޒާމުތައް ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އެ ގޮތުން މަގުހެދުމާއި، ނަރުދަމާ ނިޒާމާއި، ވިޔަފާރި ބަނދަރާއި، ސިއްހީ ދާއިރާއާއި، ބޯހިޔާވަހިކަމުގެ ދާއިރާއާއި، ތައުލީމީ ދާއިރާއާއި، އެނޫން ވެސް އިޤްތިސާދީ އަދި އިޖްތިމާޢީ ހާލަތު ރަނގަޅުކުރުމުގެ ގޮތުން ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންބޮޑުވުންތަކަށް ސަރުކާރުގެ ކަމާބެހޭ އިދާރާތައް ގުޅިގެން ހައްލު ހޯއްދަވައިދެއްވަން މަސައްކަތްޕުޅުކުރައްވާނެކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި ލާމަރުކަޒީ ޤާނޫނުގެ ދަށުން ގިނަ ކަންކަން ކުރިޔަށްގެންދިއުމުގެ ޒިންމާ ސިޓީކައުންސިލަށް ލިބިފައިވާ ނަމަވެސް، އެކަންކަން ކުރިއަށް ގެންދިއުމުގައި ސިޓީ ކައުންސިލަށް ބޭނުންވާ އެހީތެރިކަމާއި، އެއްބާރުލުން ސަރުކާރުގެ އިދާރާތަކުން ލިބޭނެ މަގުފަހިކޮށްދެއްވާނެކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

،މިބައްދަލުވުމުގައި އައްޑޫސިޓީގެ އިޖްތިމާއީ ކުރިއެރުމަށް ބޭނުންވާ އެކި ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި ގުޅޭގޮތުންނާއި، އެކި މަޝްރޫޢުތަކާއި ގުޅިގެން ހުރި ކަންބޮޑުވުންތައް އައްޑޫ ސިޓީ ކައުންސިލަރުން ވަނީ ރައީސް ޞާލިޙާއި ހިއްސާކުރައްވާފައެވެ.

ރައީސް ސޯލިހު ވަނީ، އައްޑޫ ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭ އެންމެފަހުގެ ތަފްސީލުތައް ހިއްސާކުރައްވައި އެކަންކަމުގައި ކައުންސިލުގެ ޚިޔާލާއި މަޝްވަރާ ވެސް ހޯއްދަވާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޯވިޑް-19 : އިތުރު 43 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 1186އަށް

ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 43 މީހަކު ޕޮޒިޓިވްވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ ދިވެހިންގެ 10 މީހަކާއި، ބަންގަލަދޭޝްގެ ...

ރައީސްގެ އިލްތިމާސްއެއް ސަރުކާރު މުވައްޒަފުންނަށް: ވެކްސިން ފުރިހަމަކުރޭ!

ކޮވިޑް-19 އާ ދެކޮޅަށް ރާއްޖޭގައި ދެމުން އަންނަ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށް ސަރުކާރުގެ ހުރިހާ މުވައްޒަފުންނަށް ރައީސް ...

ކެރިއަރ ގައިޑެންސް ޕްރޮގްރާމެއް ސ. އަތޮޅުމަދަރުސާގައި ބާއްވައިފި

ސްކޫލް ނިންމާ ދަރިވަރުން ކުރިއަށްދާނެ އެންމެ ރަނގަޅު މަގަކީ ކޮބައިކަން ބުނެދިނުމުގެ މަގުސަދުގައި ކެރިއަރ ގައިޑެންސް ޕްރޮގްރާމެއް ސ. ...