ތުރުކީ އާއި ސީރިއާއަށް ރާއްޖެއިން އެއް މިލިޔަން މަސްދަޅު ހަދިޔާ ކުރަނީ

ތުރުކީ އަދި ސީރިޔާ ބޯޑަރު ކައިރިއަށް އައި ދެ ބިންހެލުމާ ގުޅިގެން އެ ދެ ގައުމުގައި ދިރިއުޅޭ ރައްޔިތުންނަށް މަސް ދަޅު ހަދިޔާ ކުރަން ދިވެހި ސަރުކާރުން ނިންމައިފިއެވެ.

މިހިތާމަވެރި ހާދިސާގައި އެތައް ބަޔަކު މަރުވެ، އެތައް ސަތޭކަ އާއިލާއެއް ވަނީ ހާލުގައި ޖެހިފައެވެ. މިދިޔަ ހޯމަ ދުވަހުގެ ރޭ ފަތިހު އައި 7.8 މެގްނިޓިއުޑްގެ ބާރުމިނުގެ ބިންހެލުމުގައި އެ ދެ ގައުމުން މަރުވި މީހުންގެ އަދަދު 21،000 އަށް ވުރެ މައްޗަށް ވަނީ އަރައިފައެވެ. އެގޮތުން ތުރުކީން އެކަނި ވެސް 18،000 އަށް ވުރެ ގިނަ މީހުން މަރުވި އިރު، ސީރިއާ އިން 3،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ. ތުރުކީން އެކަނި ވެސް 50،000 އަށްވުރެ ގިނަ މީހުން އިމާރާތްތަކުގައި ދަށުވުމުން އެކި ޒަހަމްތައް ލިބިފައިވެއެވެ.

މިހިތާމަވެރި ހާދިސާގައި އެތައް ބަޔަކު މަރުވެ، އެތައް ސަތޭކަ އާއިލާއެއް ވަނީ ހާލުގައި ޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ތުރުކީއާއި، ސީރިއާއަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން އެ ޤައުމުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ހިތާމައިގައި ބައިވެރިވެ، ދެ ޤައުމުގެ ވެރިންނަށް ގުޅައި ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވާފައިވާކަމަށެވެ.

އަދި ދެޤައުމުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށްޓަކައި އެއް މިލިޔަން މަސްދަޅު ހަދިޔާ ކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ. މަސްދަޅުތައް ފޮނުވުމަށް ހަމަޖެހިފައިވަނީ ސީރިއަށް 5 ލައްކަ އަދި ތުރުކީއަށް 5 ލައްކަ މަސްދަޅު ކޭހެވެ.

މިއީ ތުރުކީއަށް ފާއިތުވެދިޔަ އަހަރުތަކުގައި އައި އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބިންހެލުމުގެ ސަބަބުން ތުރުކީ އާއި ސީރިޔާއަށް ބޮޑެތި ގެއްލުންތަކެއް ލިބި އެތައް ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އަދި އެތައް އިމާރާތެއް ބިމާ ހަމަވެ، މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަން ޖެހިފައި ވެއެވެ.

ޑަބްލިޔު.އެޗް.އޯ.އިން ބުނީ، ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުންނެކޭ އެއް ފަދައިން، ގެދޮރު ނެތި މަގުމަތިވެފައިވާ މީހުންގެ ފުރާނައަށް ވެސް ނުރައްކާވެފައިވާ ކަމުގައެވެ. ބިންހެލުމާ ގުޅިގެން ގެދޮރުނެތިފައިވާ އެތަކެއް ހާސް ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ މަގުތަކުގެ މަތީގައެވެ. ނުވަތަ، ހުސް ބިންތަކުގައެވެ. ވަގުތީ ހިޔާތަކުން އެންމެންނަށް ޖާގައެއް ނުލިބެއެވެ. ޑަބްލިޔު.އެޗް.އޯ.ގެ އޮފިޝަލެއް ކަމުގައިވާ ރޮބަރޓް ހޮލްޑެން ވިދާޅުވީ، މަގުތަކުގައި މީހުން ދިރިއުޅެމުން ދަނީ ހޫނު ހޯދާނެ އެއްވެސް ވަސީލަތެއް ނެތި ކަމުގައެވެ. ސާފު ބޯފެނާއި، ކާބޯތަކެއްޗާއި، ތެލާއި، ކަރަންޓާ ނުލައި ކަމުގައެވެ.

އަދި، މުވާސަލާތު ކުރާނެ ގޮތެއް ވެސް ނެތި ކަމުގައެވެ. ފިނިހޫނުމިން ދަށްވުމަކީ މި ވަގުތު އެ މީހުންނަށް އޮތް އެންމެ ބޮޑު ނުރައްކަލުގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އެ މީހުންގެ ފުރާނަތައް ސަލާމަތް ކުރަން ވެސް ތުރުކީވިލާތާއި ސޫރިޔާއަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމުގައި އޭނާ ވިދާޅުވިއެވެ. އެހެން ނޫން ނަމަ، ބަލިމަޑުކަމާއި ބަނޑުހައިހޫނުކަމުގެ އިތުރު ކާރިސާތައް ކުރިމަތިވުމުގެ ފުރުޞަތު ވަރަށް ބޮޑު ކަމުގައި ވެސް އޭނާ އިންޒާރު ކުރެއްވިއެވެ.

ތުރުކީވިލާތާއި ސޫރިޔާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވެ، ޢިމާރާތްތަކުގެ ދަށުވެފައިވާ މީހުން ސަލާމަތް ކުރުމަށް އެހީތެރިވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ޓީމުތައް އެ ދެ ޤައުމަށް ގޮސްފައެވެ. އަދި، އެކި ޤައުމުތަކުން ދަނީ އެހީ ފޮނުވަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މައިލޯ ސިޓީ ބަލިކޮށް މިނިވަން ކަޕްގެ  ޗެމްޕިއަންކަން ކްލަބް ލޮތާރިއަށް – މޮޅު ކުޅުންތެރިޔާއަށް ހާޒިމް ފަހުމީ

“މިނިވަން ކަޕް ޔޫތު ޗެލެންޖް 2022”  ފުޓްސަލް މުބާރާތުގެގެ ޗެމްޕިއަންކަން ޕެނަލްޓީގައި ހިތަދޫ މައިލޯ ސިޓީ ބަލިކޮށް  މީދޫ ...

ފެނުގެ އަގާއި ކަރަންޓުގެ އަގު ރެކޯޑް މިންވަރަކަށް ހެޔޮކޮށްދޭނަން- ރައީސް ޔާމީން

ވެރިކަމުގެ ދެންއަންނަ ދައުރެއްގައި ޤައުމީ ފެންކުންފުނީގެ މެޖޯރިޓީ ޙިއްސާ ސަރުކާރުންގަނެ، ފެނުގެ އަގު ހެޔޮކޮށް، ރާއްޖޭގެ ކަރަންޓުގެ އަގު ...

އައްދުއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ހަފްލާއެއް ބާއްވައިފި

20 ވަނަ ރައްޔިތުންގެ މަޖިލިހުގެ މީދޫ ދާއިރާއަށް  އިންތިހާބުވި އަބްދުއްރަހުމާނަށް (އައްދު) އަށް ލިބުނު  ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ...