ސަތޭކަ ޕަސެޓް ޔަގީންކަމާއެކީ ފެނަކަ ބަލިކޮށް ފައިނަލަށް ދެވޭނެ- އެމްޓީސީސީގެ ކޯޗް މުހައްމަދު ޝަރީފް

މިއަދުގެ މެޗް ސަތޭކަ ޕަސެޓް ޔަގީންކަމާއެކު ކާމިޔާބުކޮށް ފައިނަލަށް ދެވޭނެކަމަށް އެމްޓީސީސީގެ ކޯޗް މުހައްމަދު ޝަރީފް ބުނެފިއެވެ.

މުހައްމަދު ޝަރީފް މިހެން ބުނީ މިހާރު ހުޅުދޫގައި ކުރިއަށްދާ ” އައްޑޫރަސްރަނި ނެޓްބޯޅަ ޗެލެންޖް” ގައި މިއަދު އެމްޓީސީސީއާއި ފެނަކަ ބައްދަލުކުރާ ވާދަވެރި ސެމީފައިނަލްމެޗާއި ބެހޭގޮތުން ވީއޯއެމްއިން ދެންނެވި ސުވާލެއްގެ ޖަވާބްގައެވެ.

” ސަތޭކަ ޕަސެންޓް ޔަގީންކަމާއެކު ބުނަން ، މިޓީމު ބަލިވާނެ އެއްވެސް ޓީމެއް މިމުބާރާތުގައި ވާދަނުކުރޭ ، އެހެންކަމުން މިއަދުގެ މެޗް ކާމިޔާބުކޮށް އެމްޓީސީސީ ފައިނަލަށް ދަތުރުކުރާނެ ، އަދި ކުރީދުވަހަށްވުރެ ފަސޭހަކަމާއެކު ބޮޑުތަފާތަކުން މިއަދުގެ މެޗު ފެނަކަ ބަލިކުރެވޭނެ ،  ކުރީދުވަހު 1 ޕޮޓްގެ ތަފާތުން ބަލިކުރެވުނަސް މިއަދު 20 ނޫނީ 25 ޕޮޓުގެ ތަފާތުން ފެނަކަ ޓީމް ބަލިކުރުރެވޭނެކަމުގެ ޔަގީންކަން އެބައޮތް “

އެމްޓީސީސީ ޓީމުގެ ކޯޗް މުހައްމަދު ޝަރީފް ވީއޯއެމްއަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ގްރޫޕް ސްޓޭޖްގައި ފެނަކައާއި އެމްޓީސީސީ ބައްދަލުކޮށް ކުޅުނުމެޗްގައި އަމްޕަޔަރުންގެ ނިންމުންތަކާއިމެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވާތީ އެކަމާއިބެހޭގޮތުން ކޯޗް މުހައްމަދު ޝަރީފަށް ދެންނެވި ސުވާލެއްގެ ޖަވާބުގައި  ބުނީ ކުޅިވަރުގައި އަމްޕަޔަރުންގެ ނިންމުންތަކާއި މެދު ބައެއް ފަހަރު ޓީމުތަކުން މައްސަލަ ޖައްސާނެކަމަށާ އެއީ މައްސަލައެއް ނޫންކަމަށަށެވެ.

ަފަޑިޔާރުން އަދި ނިންމަން ތިބޭ ބައެއްގެ ނިންމުންތަކާއި ހިތްހަމަނުޖެހޭ ވަގުތުތަކަކާއި ތަންތަން ކޮޅު އަންނާނެ ، ކުޅިވަރުގެ ތެރޭގައި އެކަހަލަ ކަންތައްތައް ދިމާވާނެ ، ބައެއްފަހަރު އަމްޕަޔަރުންގެ ނިންމުންތަކާއި ހިތްހަމަނުޖެހިގެން  ކޮންމެ ޓީމަކުވެސް މައްސަލަ ޖައްސާނެ ، އެއީ މައްސަލައެއް ނޫން ،

އެމްޓީސީސީ ޓީމުގެ ކޯޗް މުހައްމަދު ޝަރީފް ވީއޯއެމްއަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

މިއަދުގެ މެޗާއި ބެހޭގޮތުން ފެނަކަ ޓީމްގެ ކެޕްޓަން ސަހާ ބުނީ އުއްމީދަކީ މިއަދުގެ މެޗް ކާމިޔާބުކޮށް ފައިނަލަށް ދަތުރުކުރުން ކަމަށެވެ.

މެޗުގެ ކުރިން ވާހަކަދައްކަމުން ޓީމް ފެނަކައިގެ ކެޕްޓަން ސަހާ އިތުރަށް ބުނީ  ޓީމުގައި ބައެއް ކަހަލަ އަނިޔާގެ މައްސަލަތައް އުޅުނު ކަމުގައިވިޔަސް މިއަދުގެ ސެމީ ފައިނަލްމެޗަށް  ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި ޓީމު މެޗަށް ނުކުންނާނީ މޮޅުވުގެ އުއްމީދުގައިކަމަށެވެ.

މިމުބާރާތުގެ ގްރޫޕް ސްޓޭޖްގައި މިދެޓީމު ބައްދަލުކުރިމެޗް ފޯރިގަދަ އަދި އެހާމެ ވާދަވެރިމެޗް  24 ޕޮޓް 23 ޕޮޓުން ކާމިޔާބުކޮށްފައިވަނީ އެމްޓީސީސީއެވެ.

އެމްޓީސީސީއާއި ފެނަކަ ބައްދަލުކުރާ މެޗްގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ 16:30 ގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިސްލާމްދީނާ ދެކޮޅު ވެރިކަމެއް ޤާއިމްކުރުމަށް ގޮވާލުމުން ޝަހީދުއަށް ފާޑުކިޔުން އަމާޒުވެއްޖެ

އިސްލާމް ދީނާ ދެކޮޅު ވެރިކަމެއް ރާއްޖޭގައި ޤާއިމްކުރުމަށް ގޮވާލުމުން، އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރ ޑރ. އަހުމަދު ޝަހީދުއަށް ...

“ފަރުކޮއި” ޕްރޮޖެކްޓް ޝަމްސުއްދީން ސްކޫލްގައި ފަށައިފި

ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ފަރުތަކާއި ފަރުތަކުގެ ވަށައިގެންވާ ދިރުންތަކުގެ ރީތިކަމާއި، އެތަންތަނުގެ މުހިންމުކަން ދަރިވަރުންނަށް އަންގައިދިނުމަށް ...

ލާމަރުކަޒީ ނިންމުން 2021: އަނަސް ބަލި ގަބޫލުކުރައްވާ ޑރ.މުއިއްޒުއަށް މަރުހަބާ ދަންނަވައިފި

އިއްޔެ ބޭއްވިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރެއްވި އަލްއުސްތާޛު އަނަސް އަބްދުއްސައްތާރު ...