ކޮވިޑް-19 ގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.
އެޗްޕީއޭ އިން ބުނެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 73 އަހަރުގެ މީހަކު މަރުވެފައިވާކަމަށެވެ.
އެގޮތުން މަރުވެފައިވަނީ އުމުރުން 73 އަހަރުގެ ސްރީލަންކާއަށް ނިސްބަތްވާ ފިރިހެނެއް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. މިއާއެކު ރާއްޖޭގައި ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 278 ކަށް އަރާފައެވެ.
ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރުވަނީ 141،060 އަށް އަރާފައެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 17،743 ކޭސް އެވެ. މި ބަލިން 123،027 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 63 މީހަކަށެވެ.
ކޮމެންޓްސް (0)