އެއްބަސްވުން ހަމަވަންދެން އާސެނަލްގައި މަޑުކުރާނަން: ވެންގާ

އާސެނަލްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވަންދެން ކްލަބުގައި މަޑުކުރާނެ ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ވެންގާ ބުނީ ކޮންމެ ނިންމުމެއްވެސް އޭނާ ނިންމަނީ ކްލަބުގެ ފައިދާއަށް ކަމަށާއި، 21 އަހަރު ވަންދެން މެދުނުކެނޑި ކްލަބުގެ ކޯޗުގެ ގޮތުގައި ދެމިހުރީ ވަރަށް ގިނަ ގޮންޖެހުންތަކާ އެކުގައި ކަމަށެވެ.

ވެންގާ ބުނީ ކްލަބުގެ ކޯޗު ގޮތުގައި އެހެން މީހަކު ހުރި ނަމަވެސް ނިންމުންތައް ނިންމާނީ ކްލަބަށް ފައިދާވާ ގޮތަށް ކަމަށާއި، އެގޮތުން އޭނާ ކުރިޔަށް އޮތް އަހަރުވެސް ކްލަބުގެ ކޯޗުގެ ގޮތުގައި ދެމިހުންނަން ތައްޔާރަށް ހުރި ކަމަށެވެ.

އާސެނަލްގެ ކޯޗުކަމާ 1996 އަހަރު ހަވާލުވި ވެންގާ ވަނީ އެ ކްލަބާއެކު ހެދި އެއްބަސްވުން މިދިޔަ އަހަރު 2019 ގެ ނިޔަލަށް އިތުރުކޮށްފައެވެ. އެހެންނަމަވެސް ބެލެވޭ ގޮތުގައި ވެންގާގެ އެއްބަސްވުން އާސެނަލްއިން ދެން އަލެއް ނުކުރާނެއެވެ.

ވެންގާގެ އިރުޝާދުގެ ދަށުން އާސެނަލް ކުޅުނު 1209 މެޗުގެ ތެރެއިން މޮޅުވެފައި ވަނީ 694 މެޗުންނެވެ. ބާކީ 278 މެޗުން އެ ޓީމު އެއްވަރުވިއިރު 237 މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ. ވެންގާ ވަނީ އާސެނަލްއަށް ތިން ފަހެރެއްގެ މަތިން އިނގިރޭސި ޕްރިމިއާ ލީގު ހޯދައިދީފައެވެ. އަދި އޭނާގެ އިރުޝާދު ދަށުން އެ ޓީމުވަނީ ހަތް ފަހަރު އެފްއޭކަޕް ހޯދާފައެވެ.

އުމުރުން 68 އަހަރުގެ ވެންގާ ވަނީ މީގެކުރިން އޭއެސް މޮނާކޯއަށް ވެސް ކޯޗުކަން ކޮށްދީފައެވެ. އޭނާވަނީ އެކްލަބަށް ލީގު ތަށި އެއްފަހަރު އަދި ލީގު ކަޕް އެއްފަހަރު ކާމިޔާބުކޮށް ދީފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސަރުކާރަށް ޚިދުމަތް ކުރަން ލިބުމަކީ ފަޚުރެއް – ދުންޔާ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ޚިދުމަތް ކުރަން ލިބުމަކީ ފަޚުރެއް ކަމަށް، ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ ...

ކުމުންދޫ ކައުންސިލްގެ ރައީސްގެ މުސާރައިން 20 ޕަސެންޓް ކޮވިޑް ޓާސްކް ފޯސްއަށް

ހދ ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދުގެ އޭނާގެ މިމަހުގެ މުސާރައިން 20 ޕަސެންޓް އެރަށު ކޮވިޑް-19 ޓާސްކް ...

ރައީސް ސޯލިހުގެ ރަނިން މޭޓަކަށް އައްޑޫ އަސްލަމް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިން މޭޓަކަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ...