މިއަދު އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުން ވެސް އުފަލާއި އެކު ބަލައިގަންނަ ކަމަކީ، އެ ސިޓީން ފުރައިގެން ރާއްޖެއިން ބޭރަށް ދެވުމެވެ. ޒަމާންތަކެއް ވަންދެން އައްޑޫގެ ރައްޔިތުން ދެކެމުން އައި މި ހުވަފެން ހަގީގަތަކަށް ހައްދަވައި ދެއްވުމުގެ ގަޓު ހުންނެވި ހަމައެކަނި ވެރިޔަކީ ރައީސް އަބްދުﷲ ޔާމީނެވެ.
ނަޝީދުގެ ސަރުކާރުގައި ވެސް އެކަން ކުރާ ވާހަކަ ދެއްކިއެވެ. ކަންދެއްކުމުގެ ގޮތުން އެކަން ކުރިވެސް މެއެވެ. އެކަމަކު ވަކި ހސާބަކުން ހުއްޓާލިއެވެ. ރައްޔިތުންގެ ހިތުގައި ޖައްސާފައެވެ.
އެހެން ނަމަވެސް، ރައީސް ޔާމީންގެ ސަރުކާރުން ސަރަހައްދުގެ ބޮޑު އެއާލައިނަކާއި ވާހަކަ ދައްކައިގެން މިއޮތީ އައްޑޫ ސިޓީ ދުނިޔެއަށް ހުޅުވާލަ ދީފައެވެ. މިއަދު އައްޑޫއަށް ފަތުރުވެރިން އެބައާދެއެވެ. އަދި އައްޑޫގެ ރައްޔިތުންނަށް ވެސް ފުރައިގެން އެކި ކަރަތަކަށް އެބަދެވެއެވެ.
މި އަހަރުގެ ބޮޑު ޗުއްޓީގައި އައްޑޫން ކޮލަމްބޯ އަށް ފްލައިޓް އޮންނަ ކޮންމެ ދުވަހަކު ގަން އެއާޕޯޓުން ފެންނަނީ އުފަލުން ފޮޅިފައިވާ ރައްޔިތުންތަކެކެވެ. އެ އުފާވެރިކަން ގެނެސްދެއްވީ ރައީސް ޔާމީނެވެ.
އައްޑޫގައި ޒަމާނުއްސުރެ އެމްޑީޕީ އަށް އޮތް ތާއީދު ގެއްލެމުން ދަނީ ރައީސް ޔާމީން އައްޑޫ ރައްޔިތުންގެ ސިޔާސީ ފިކުރަށް ނުބައްލަވައި ކޮށްދެއްވާ ކަންތަކުންނެވެ. ކެނެރީގޭ ނަޝީދު ފަދައިން ރައްޔިތުންނަށް ނުލަފާކަން ދައްކަވަން ރައީސް ޔާމީން ބޭނުންފުޅެއް ނުވެއެވެ.
ކޮމެންޓްސް (0)